Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

ތަހުގީގު ކުރަމުންދާ ފައިސާއާ ބެހޭ ބޮޑެތި މައްސަލަތަކަކީ ދައުލަތުގެ ކުންފުނިތަކުގެ މައްސަލަ: އޭސީސީ

20 ޖޫން 2019 | ބުރާސްފަތި 03:04

ކުންފުނިތަކުގެ 200 އެއްހާ މައްސަލަ ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2019 | ބުރާސްފަތި 03:04
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވާހަކަދައްކަވަނީ

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވާހަކަދައްކަވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ ފައިސާއާ ބެހޭ ބޮޑެތި މައްސަލަތަކަކީ ދައުލަތުގެ ކުންފުނިތަކުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރޭގައި ކުންފުނިތަކުގެ 200 އެއްހާ މައްސަލަ ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ފެނަކަ ކޯޕްރޭޝަނާއި، ޕީއެސްއެމް ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް ހިމެނޭ ކަމަށެވެ. ބޮޑެތި އަދަދުތަކުން ފައިސާ ހިމެނޭ މައްސަލަތައް އުޅޭކަން ފާހަގަކޮށް މުއައްވިޒު ވިދާޅުވީ މޯލްޑިވްސް ގޭސްއާ އެފްއެސްމްއާ ގުޅުން ހުރި މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާ ގުޅޭ ގިނަ މައްސަލަތަކެއް އުފެދިފައިވާ މައިގަނޑު ސަބަބަކީ 2014 ވަނަ އަހަރު ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެނައި ބަދަލު ކަމަށެވެ. އޭނާ ވިދާޅުވީ މާލިއްޔަތު ގާނޫނުގެ އެ މާއްދާ ބޭނުންކޮށްގެން ބިޑަކާނުލާ ދައުލަތުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ހަވާލުކުރުމަށް ފަހު ކުންފުނިތަކުން ބޭނުން ބަޔަކަށް ޕްރޮޖެކްޓް ދެވޭ ގޮތަށް މިހާރު ވެސް މަގުފަހިވެފައި އެބަ އޮތް ކަމަށެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާއާ ބެހޭ ގޮތުން މުއައްވިޒު ވިދާޅުވީ އޭސީސީން ތަހުގީގު ކުރުމަށް ދައުވާ ކުރުމަށް ފޮނުވި މައްސަލަތަކާއި އަދި މަދަނީ ގޮތުން ދައުލަތަށް ހޯދަން ޖެހޭ ހަތަރު ބިލިއަނަށް ވުރެ ގިނަ ފައިސާ ލިބެން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ތެރެއިން 1.9 ބިލިޔަން ރުފިޔާގެ މައްސަލަ ދައުވާ ކުރަން ފޮނުވި ކަމަށެވެ. ނަމަވެސް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައި ވަނީ 1.4 މިލިއަން ރުފިޔާކަން އޭސީސީގެ ރިކޯޑްތަކުން ދައްކާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ އޭސީސީން މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށާއި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގިނަ މައްސަލަތައް ޕީޖީ އަށް ފޮނުވި ކަމަށެވެ. ނަމަވެސް ގިނަ މައްސަލަތައް ދައުވާ ނުކޮށް އަނބުރާ ފޮނުވާލި ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް