Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ބިގް އަށް ފާއިސާ ދޫކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ އެޓާރނީ ޖެނެރަލް އަހްމަދު އުޝާމްގެ ލަފާގެ މަތިން: ރިފްއަތު

19 ޖޫން 2019 | ބުދަ 12:18

ބިގް އަށް ފާއިސާ ދޫކުރެއްވުމަށް ލަފާ އަރުވާފައިނުވާނެ ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 19 ޖޫން 2019 | ބުދަ 12:18
އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ފާއިސާ ދޫކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ އެޓާރނީ ޖެނެރަލް އަހުމަދު އުޝާމް ދެއްވާފައިވާ ލަފާގެ މަތިން ކަމަށް އެޓާރނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

އެޓާރނީ ޖެނެރަލް މި ގޮތަށް ވިދާޅުވެފައިވަނީ ބިގް ކުންފުންޏަށް ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ، މައްސަލައާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު. އެޓާރނީ ޖެނެރަލް އާއި ސުވާލު ކުރެއްވުމަށް، މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅޭ ގޮތުން މަޖިލީހަށް ވަޑައިގެން، ޖާބިރު ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޖާބިރު ކުރައްވާފައިވާ ސުވާލަކީ ބިގް ކުންފުންޏަށް ފާއިސާ ދިނުމަށް ލަފާ ދެއްވާފައިވޭތޯ އާއި، އަދި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ބަންޑާރަނައިބް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯއެވެ.

Advertisement - newsAdvertisement

ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް، ސިވިލް ކޯޓުން އުފުލި ދައުވާ އާއި ކުރި ހުކުމަކީ ދައުލަތަށް ދައުވާ ލިބުނު މައްސަލައެއް ނޫން ކަމަށެވެ. ރިފްއަތު ވިދާޅުވީ އެއީ ދައުލަތުން އިސްތިއުނާފްކުރަންޖެހޭ މައްސަލައެއްވެސް ނޫން ކަމަށެވެ.

އެމްއެންބީސީ އުވި އެކުންފުނީގެ ދަރަންޏާއި އިމްތިޒާމްތައް ފަހުން ބަދަލުކުރެވިފާއިރު، މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން އަދި ޕަބްލިކް ސާރވިސް މީޑިޔާ އަމިއްލަ ނަމުގައި ދައުވާ ކުރެވޭ ދައުވާ ލިބިފައިވާ ވަކި ގާނޫނީ ޝަހްސްތަކެއް ކަމަށް ބަންޑާރަ ނައިބް ވިދާޅުވި އެވެ. އެ ތިން ފަރާތަކީވެސް ކުންފުނިތަކަށްވާތީ، އެ ކުންފުނިތައް ޝަރީއަތުގައި ތަމްސީލް ކުރަންޖެހޭނީ އެޓާރނީ ޖެނެރަލް އޮފީހުން ނޫން ކަމަށް ރިފްއަތު ވިދާޅުވިއެވެ. އެހެންކަމުން ބިގް ކުންފުންޏަށް ފާއިސާ ދެއްކުމަށް އެޓާރނީ ޖެނެރަލްކަމާއި ހަވާލުވިފަހުން އެއްވެސް ފަރާތަކަށް ލަފާ އަރުވާފައި ނުވާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ ބިގް ކުންފުންޏަށް ފައިސާ ދެއްކުމަށް އޭނާ އެއްވެސް ފަރާތަކަށް ލަފާ އަރުވާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދައްކަން ޖެހޭ ގޮތާ މެދު އަމަލު ކުރަންވީ ގޮތުގެ ލަފައެއް 22 ސެޕްޓެމްބަރު 2016 ގައި އުޝާމް އަރުވާފައިވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދިނުމަށެވެ.

ރިފްއަތު ވިދާޅުވީ މި މައްސަލައަކީ އެމްބީސީން ކޯޓަށް ހާޒިރުވާން އެތައް ފަހަރަކު ޗިޓް ފޮނުވުމުންވެސް ހާޒިރުނުވުމުގެ ސަބަބުން، އެމްބީސީގެ އައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
28 ފެބުރުއަރީ 2017

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް