Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ ފެނަށް ޖެހުން

ރިޒާވްތައް ހުސްވެ ޗެންނާއީ ފެނަށް ޖެހިއްޖެ!

19 ޖޫން 2019 | ބުދަ 06:07

ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ޗެންނާއީ ވޯޓަރ ޑިޕާޓްމަންޓުން ދަނީ ކުރަމުން

އަމަން ހަލީމް
އަމަން ހަލީމް | 19 ޖޫން 2019 | ބުދަ 06:07
ފެން ހޯދަން ޗެންނާއީގައި ދިރިއުޅޭ މީހުން ކިޔޫގައި ޖެހިގެން

ފެން ހޯދަން ޗެންނާއީގައި ދިރިއުޅޭ މީހުން ކިޔޫގައި ޖެހިގެން

ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހުމާ ގުޅިގެން އިންޑިއާގެ ޗެންނާއީގެ ފެނުގެ ރިޒާވްތަކުގައި ހުރި ފެން އެއްކޮށް ހުސްވެ، އެ އަވަށުގައި ދިރިއުޅޭ މީހުން ފެނަށް ޖެހިއްޖެއެވެ.

ފެން ނެތުމާ ގުޅިގެން، އެކި ސަރަހައްދުތަކުގައި ބޯހޯލް ތޮރުފައިގެން ފެން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔުމުގެ އިތުރަށް އެހެނިހެން ގޮތްތަކުން ވެސް ފެނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ޗެންނާއީގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ސަރުކާރުން ފޯރުކޮށްދީފައިވާ ފެން ޓޭންކްތަކުން ފެން ނެގުމަށް ރައްޔިތުން ދިގު ކިޔުއެއްގައި ތިބެން ޖެހިފައިވާ އިރު، ފެން ނުލިބިގެން ހުރިހާ ރެސްޓޯރަންޓްތަކެއް ވެސް ވަނީ ބަންދުކޮށްފައެވެ. ބީބީސީއާ ވާހަކަދެއްކި އޮފިޝަލަކު ބުނީ މިކަމަށް އޮތް ހަމައެކަނި ހައްލަކީ ވާރޭ ވެހުން ކަމަށެވެ. މިހާރު އެ އަވަށުގައި ދިރިއުޅޭ މީހުންނަށް ފެން ފޯރުކޮށްދެމުން ދަނީ ޗެންނާއި ވޯޓަރ ޑިޕާޓްމަންޓްގެ ފެން އުފުލާ ޓްރަކްތަކުގައެވެ.

ފެން ބޭނުންކުރުން މަދުކުރުމުގެ ގޮތުން ރޭލްވޭ ސްޓޭޝަންތަކުގައި ހުރި އޭސީތައް ނިއްވާލާ، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބައެއް އޮފީސްތަކުން އެތަންތަނުގެ މުވައްޒަފުންނަށް އަންގާފައިވެއެވެ. ނަމަވެސް ގޭގޭގައި ރައްކާކޮށްފައި ހުރި ފެން ހުސްވާން ކައިރިވެފައި ވާތީ އެއީ ވެސް ހައްލެއް ނޫން ކަމަށް ބުނެ އެ އަވަށުގެ ބައެއް ރައްޔިތުން އަޑުއުފުލާފައި ވެއެވެ.

ފެން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ބައެއް ހިސާބުތަކުގައި ހަމަނުޖެހުންތަކެއް ވެސް ހިނގާފައި ވެއެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުން ވަނީ، ފެނާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއްގައި އަވަށްޓެރިއެއް ގަޔަށް ވަޅި ޖެހި މީހަކު ހައްޔަރުކޮށްފައެވެ.

އިންޑިއާގައި ބޮޑު ސަރަހައްދަކަށް ވާރާ ނުވެހުމާއި ގުޅިގެން، ގިނަ ސަރަހައްދުތަކަކުން ފެން ހުސްވެދާނެ ކަމުގެ ބޮރު ހީވެފައިވާ އިރު، އެ ގައުމުގެ މޫސުމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އަންނަ ހަފުތާގެ ތެރޭގައި ބޮޑު ބަޔަކަށް ވާރާ ވެހި، މިކަމަށް ހައްލެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އާންމު ގޮތެއްގައި މި ދުވަސްވަރު އިންޑިއާގެ ތިން ބައި ކުޅަ އެއް ބަޔަށް ވާރޭ ވެހުނު ކަމުގައިވީ ނަމަވެސް، މިއަހަރު އަދި ވާރޭ ވެހިފައިވަނީ ދެކުނުގެ ބައެއް ސަރަހައްދުތަކަށް އެކަންޏެވެ.

ޗެންނާއީއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށް ދަތުރުކުރާ މަގުބޫލު މަންޒިލެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2017

ލައިފްޖެކްޓް ތުރުނުކުރައްވައި ޑިންގީ ދުއްވެވުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހޫނު ފެނަށް!

29 ޑިސެމްބަރު 2017
ލައިފްޖެކްޓް ތުރުނުކުރައްވައި ޑިންގީ ދުއްވެވުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހޫނު ފެނަށް!
22 ނޮވެމްބަރު 2017

ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ

22 ނޮވެމްބަރު 2017
ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ
21 ނޮވެމްބަރު 2017

އިންޑިއާގެ ވަޒީރަކު މަގުމައްޗަށް ކުޑަކަމުގޮސްގެން ހޫނުފެނަށް

21 ނޮވެމްބަރު 2017
އިންޑިއާގެ ވަޒީރަކު މަގުމައްޗަށް ކުޑަކަމުގޮސްގެން ހޫނުފެނަށް
26 އޮކްޓޯބަރު 2017

އެމިނެމްގެ ލަވައެއް ބޭނުންކޮށްގެން ނިއުޒިލެންޑްގެ ސިޔާސީޕާޓީއަކުން ބައިމިލިއަނެއްހާ ޑޮލަރު ދޭންޖެހިއްޖެ

26 އޮކްޓޯބަރު 2017
އެމިނެމްގެ ލަވައެއް ބޭނުންކޮށްގެން ނިއުޒިލެންޑްގެ ސިޔާސީޕާޓީއަކުން ބައިމިލިއަނެއްހާ ޑޮލަރު ދޭންޖެހިއްޖެ
19 ސެޕްޓެމްބަރު 2017

ޓްރަމްޕްގެ ޔޫއެން ސްޕީޗާ މެދު ބައެއް ޑިޕްލޮމެޓުން ހިތްހަމަނުޖެހިއްޖެ

19 ސެޕްޓެމްބަރު 2017
ޓްރަމްޕްގެ ޔޫއެން ސްޕީޗާ މެދު ބައެއް ޑިޕްލޮމެޓުން ހިތްހަމަނުޖެހިއްޖެ
13 އޯގަސްޓު 2017

އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!

13 އޯގަސްޓު 2017
އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!
06 ޖުލައި 2017

އުތުރު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅިގެން އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ: އެމެރިކާ

06 ޖުލައި 2017
އުތުރު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅިގެން އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ: އެމެރިކާ
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
23 މެއި 2017

މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި

23 މެއި 2017
މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް