ގެވެށި އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރު ކޮށްފި
17 ޖޫން 2019 | ހޯމަ 04:12އެމީހާގެ ބައްދަށް 10 ދުވަސް ވަނީ ޖަހާފައި


ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ
މާލޭގައި ގެވެށި އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ 15 ޖޫން 07:50 ހާއިރު ދެ މީހުން މާރާމާރި ހިންގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ތަނަށް ދިޔައިރު އެއީ ރައްޓެހިވެގެން އުޅުނު ދެ މީހުންގެ ދެމެދުގައި ހިންގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަންހެން މީހާގެ އަތަށާއި، ބޮލުގައި އަނިޔާ ފެންނަން ހުރި ކަމަށާއި، އެ އަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
އެ މައްސަލާގައި އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.






