Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާޓްނާޝިޕް ފޯރަމް

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019: ސަރުކާރުން ބުނަނީ ނަތީޖާ ނެރޭނޭ ކަމަށް

16 ޖޫން 2019 | އާދީއްތަ 10:19

62 ފަރާތަކުން ބައިވެރިވާނެ، އޭގެ ތެރޭގައި 32 ގައުމު ހިމެނޭ

އަމަން ހަލީމް
އަމަން ހަލީމް | 16 ޖޫން 2019 | އާދީއްތަ 10:19
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު (ވ) އަދި މާލީ ވަޒީރު އިބްރާހިމް އަމީރް (ކ)

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު (ވ) އަދި މާލީ ވަޒީރު އިބްރާހިމް އަމީރް (ކ)

ޖޫން މަހުގެ 17 އިން 18 އަށް ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕާޓްނާޝިޕް ފޯރަމާ ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ހާރިޖީ ވުޒާރާގައި އޮތް ބައްދަލުވުމެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ފޯރަމުގެ މައިގަނޑު މަގްސަދަކީ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ކަމުގައިވާ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމާއި ބެހޭގޮތުން މައުލޫމާތުދީ ޕާޓްނާޝިޕްތައް ގާއިމްކުރުން ކަމަށެވެ. އެގޮތުން މިފަހަރުގެ ފޯރަމް ނިމިގެންދާ އިރު ރާއްޖެ ތަރައްގީ ކޮށްދޭނެ ބައިވެރިންތަކެއް ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ފަހަރުގެ ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި 35 ކަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއި 27 ޖަމިއްޔާ ހިމެނެއެވެ. މި ފަހަރުގެ ބައްދަލުވުމުގައި ޖަޕާން ސަރުކާރުގެ ހާއްސަ މުޝީރު އާއި ސަރބިއާގެ ލޭބަރ މިނިސްޓަރާއި އދ.ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް އަދި ޔޫއޭއީގެ އެސިސްޓަންޓް މިނިސްޓަރ ބައިވެރިވެލައްވާނެއެވެ. މިއީ މިހާ ގިނަ ގައުމުތަކަކުން މި ފޯރަމްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ އިތުރުން މި ފޯރަމްގެ ކޯ-ޗެއަރކަން ކުރައްވާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވެސް ވަނީ މި ފޯރަމް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. ސަބަބެއް ކަމުގައި މިނިސްޓަރ ވިދާޅުވީ މި ފަހަރު ސަރުކާރުން ހުށައަޅާފައިވާ ކަންކަމަކީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށް ފަހު، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ބޭނުންވާ ފައިސާގެ އަދަދު ހިމަނައިގެން ހުށައަޅާފައިވާ ހުށައެޅުންތަކެއް ކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރަން، މި ސަރުކާރުން ބޭނުންވަނީ ކޮން މަޝްރޫއުތަކަކަށް ކަން ފޯރަމްގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާޓްނާޝިޕް ފޯރަމުން ހާސިލްކުރަން ބޭނުންވާ މަގުސަދުތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ ބޭނުންވަނީ ބޭރުގެ ގައުމުތަކާއި ގުޅިގެން ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްދިނުމާއި ސަރުކާރުގެ ތަރައްގީގެ ބައިވެރިންތަކެއް ހޯދުން ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް މިފަހަރުގެ ފޯރަމް އިފްތިތާހުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ފޯރަމްގައި ކެބިނެޓުގެ ހުރިހާ ވަޒީރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ އެބޭބޭފުޅުންގެ ވުޒާރާތައް ނިސްބަތްވާ ދާއިރާތަކާއި ކުރިޔަށް ހުރި މަޝްރޫއުތަކާއި ބެހޭގޮތުން ފޯރަމްގެ ބައިވެރިންނަށް މައުލޫމާތު ދޭން ވަނީ ހަމަޖެހިފައެވެ.

މިއީ ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބާއްވާ ފުރަތަމަ ފަހަރެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ. މިއީ ޕާޓްނާޝީޕް ފޯރަމް ބާއްވާ ހަތަރު ވަނަ ފަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް