Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެެީއީސިމް

އުރީދޫ އިން އީ-ސިމް ތައާރަފް ކޮށްފި

16 ޖޫން 2019 | އާދީއްތަ 09:42

އީސިމްގެ ޚިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ވެސް ޚިޔާރު ކުރެވޭނެ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 16 ޖޫން 2019 | އާދީއްތަ 09:42
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އުރީދޫގެ \"އީ-ސިމް\" ތައާރަފް ކޮށްދެއްވަނީ

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އުރީދޫގެ \"އީ-ސިމް\" ތައާރަފް ކޮށްދެއްވަނީ

ސިމް ޓެކޮނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އީ-ސިމް، އުރީދޫ ކަސްޓަމަރުންނަށް ޚާއްޞަކޮށް ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ބުނީ ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުން ފޯރުކޮށްދީ، ބައިނަލްއަޤްވާމީ ޓެކްނޮލޮޖީތައް ދިވެހިންނަށް ތައާރަފްކޮށްދިނުމަށް ފެށުނީއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އީސިމްގެ ޚިދުމަތް ދިވެހިރާއްޖޭގައި ފޯރުކޮށްދޭން ފެށި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭއަށް މުޅިން އަލަށް އީ-ސިމްގެ ޚިދުމަތް ތައާރަފްކޮށްދީފައި ވަނީ، އުރީދޫ އިން އާދީއްތަ ދުވަހު ހެނދުނު ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ޓުއަރިޒަމް، އަލީ ވަހީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން އެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ސިމް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުން ފޯރުކޮށްދީފައިވާ އިރު، އީސިމްގެ ޚިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ވެސް ޚިޔާރު ކުރެވޭނެ ކަމަށެވެ. މަދު ގައުމެއްގައި މިހާތަނަށް ތައާރަފްކުރެވިފައިވާ މި ޚިދުމަތް އަދި ބޭނުން ކުރެވޭނީ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ، އެންމެ ފަހުގެ ފޯނުތަކުގައި އެކަންޏެވެ. މީގެ ތެރޭގައި، އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އަދި ގޫގުލް ޕިކްސެލް 3 ހިމެނެއެވެ.

މިހާރު ބޭނުންކުރާ ޕްލާސްޓިކް ސިމްގެ ބަދަލުގައި، އީސިމްއަކީ ސްމާޓްފޯނަށް އިންސްޓޯލް ކޮށްލެވޭ ޑީޖިޓަލް ސިމްކާޑެކެވެ. މި އިލެކްޓްރޯނިކް ސިމް ކާޑު މެދުވެރިކޮށް، ކޮންމެ ފޯނެއްގައިވެސް ގިނަ ވެގެން ނުވަ ނަމްބަރު ބޭނުންކުރެވޭނެއެވެ. އަމިއްލަ ބޭނުމަށާއި ވިޔަފާރި ކުރުމަށް ގިނަ ނަމްބަރުތައް ބޭނުންކުރާ ކަސްޓަމަރުންނަށް، މި ޚިދުމަތުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މީގެ އިތުރުން، ނަޖީބް ޚާން ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އެތައް މިލިއަން ޓުއަރިސްޓުންގެ ދަތުރު ފެށުމުގެ ކުރިން ވެސް އުރީދޫ ޓުއަރިސްޓް ސިމެއް ގަނެ، ރާއްޖޭގައި ފްލައިޓް ޖެއްސުމާ އެކު ނަމްބަރު އެކްޓިވޭޓް ކޮށްލުމަށް މަގުފަހިވާނެ ކަމަށާއި، އީސިމްގެ ޚިދުމަތް ފުޅާވެގެންދާއިރު، ޑިޖިޓަލް ރާއްޖެއެއްގައި އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވެދީ، ޑިޖިޓަލް މުސްތަޤުބަލެއްގައި ބައިވެރިވުމަށް އިތުރަށް ތައްޔާރުވެވޭނެ ކަމަށެވެ.

އުރީދޫ އިން ބުނީ އީސިމް ޚިދުމަތާ އެކު، ކޮންމެ ތަނެއްގައި ހުރެގެން ވެސް ކަސްޓަމަރުންނަށް އުރީދޫ ނަމްބަރެއް ނަގައި ފަސޭހަކަމާ އެކު އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ. އެ ގޮތުން ހިދުމަތް ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައިވާ، އީސިމް ޕޭޖަށް ޒިޔާރަތްކޮށް ބޭނުންވާ ޕްލޭން ޚިޔާރުކުރުމަށް ފަހު ފޯން ނަމްބަރު ރަޖިސްޓަރީކޮށް އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށް ފަހު ލިބޭ ކޮންފަމޭޝަން އެސްއެމްއެސްގައިވާ ކިއުއާރް ކޯޑު ސްކޭންކުރުމަށް ފަހު، އީސިމް އެކްޓިވޭޓްކުރުމުން ހިދުމަތް ބޭނުން ކުރަން ފެށޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް