Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިލިއަން ޗެލްސީގައި މަޑުކުރަނީ

ޗެލްސީގެ އެއްބަސްވުން ވިލިއަން އާކުރަނީ

15 ޖޫން 2019 | ހޮނިހިރު 07:25

ވިލިއަން އެއްބަސްވުން އާކުރަނީ ދެ އަހަރަށް

ލީވާން އަލީ
ލީވާން އަލީ | 15 ޖޫން 2019 | ހޮނިހިރު 07:25
ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން

ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން

ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ވިލިއަން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނީ، ވިލިއަންގެ އެއްބަސްވުން އާކުރަން ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާގެ އެއްބަސްވުން އާކުރަން ޗެލްސީން ބޭނުންވަނީ ދެ އަހަރަށް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އިން ވަނީ ވިލިއަން ހޯދުމަށް 30 މިލިއަން ޕައުންޑު ހުށަހަޅާފައެވެ. ނަމަވެސް ޗެލްސީން ވިލިއަން ވިއްކާލަން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީއާ އެކު އުމުރުން 30 އަހަރުގެ ވިލިއަން ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ބާސާގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިލިއަން ބުނީ، އާ އެއްބަސްވުމެއްގައި ސޮއިކުރަން ކްލަބުން ބޭނުންވާކަން އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް އާ އެއްބަސްވުމެއް އޭނާ ބޭނުންވާ ކަމަށެވެ.

ކުރިމަގު އޮތީ ޗެލްސީއާ އެކުކަން ފާހަގަކުރަމުން ވިލިއަން ބުނީ، ޗެލްސީގައި ހޭދަކުރި ފަސް އަހަރާ ބައިގެ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ކްލަބާ އެކު ހޯދިފައިވާ ކަމަށާއި، ކްލަބުގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިޔަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 292 މެޗުގައި 52 ލަނޑު ކާމިޔާބު ކޮށްފައެވެ.

ވިލިއަން ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ދެފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ފުޓުބޯޅަ ލީގު ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 65 މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްފައިވާ ވިލިއަން ވަނީ 2007 ވަނަ އަހަރު ބްރެޒިލްގެ 20 އަހަރުން ދަށުގެ ޓީމާއެކު ސައުތު އެމެރިކަން ޔޫތު ފުޓުބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް