Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންޑާރަ ނައިބު

ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށް ދިނުމަށް ބަންޑާރަ ނައިބު އެދިވަޑައިގެންފި

ފަނޑިޔާރުންނާ މެދު ކުރެވޭ ތުހުމަތުތައް އަވަސް މިނެއްގައި ބެލެން ޖެހޭ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 ޖޫން 2019 | ހުކުރު 04:22
ބަންޑާރަ ނައިބް ރިއްފަތުއާ ޖޭއެސްސީގެ މެމްބަރު އީސާފުޅު

ބަންޑާރަ ނައިބް ރިއްފަތުއާ ޖޭއެސްސީގެ މެމްބަރު އީސާފުޅު

ސުޕްރީމް ކޯޓަށް ޖުޑީޝަލް ސަރވިސް (ޖޭއެސްސީ) ގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި އެ ކޯޓުގެ ބާރުތައް ހަނިކޮށްދިނުމަށް ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކުރުމަށް ބަންޑާރަ ނާއިބް އެދިފައި މިވަނީ އެ ކޯޓުން ޖޭއެސްސީގެ ނިންމުންތަކަށް ނުފޫޒު ފޯރުވަމުންދާތީ ކަމަށް ލަފާކުރެވެއެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ގާޒީއެއް ކަމަށްވާ އަބްދުﷲ ދީދީ ސަސްޕެންޑް ކުރި މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީ އަށް އަމުރުކޮށްފައެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ބަލައިނުގަނެ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ ނިންމަވާލެއްވުމުގެ ކުރިން ލިބުނު އެންމެ ފަހު ފުރުސަތުގައި ރިފްއަތު ވަނީ މަޖިލީސް މެމްބަރުންގެ އަރިހުން ތިން ކަމަކަށް އެދިވަޑައިގެންފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ބަންޑާރަ ނާއިބް އެދިވަޑައިގެންފައިވަނީ ޖޭއެސްސީން ނިންމާފައިވާ ނިންމުން ދަމަހައްޓައި ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ސުޕްރީމް ކޯޓަށް ޖުޑީޝަލް ސަރވިސްގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށްޓަކައި މި ހިނދުން މި ހިނދަށް އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދެއްވުމަށެވެ.

އަދި އޭގެ އިތުރުން ފަނޑިޔާރުގެ ގާނޫނުން ޖޭއެސްސީ އަށް ލާޒިމްކޮށްފައިވާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ބަންޑާރަ ނާއިބް ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ތިއްބަވަން ޖެހޭ ފަނޑިޔާރުންގެ ގާބިލްކަމުގެ ފެންވަރު އެކަށީގެންވާ ގޮތަށް ވަޒަން ނުކުރެވި މިއަދާ ހަމަޔަށް އައުމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ މެދުގައި އިތުބާރުގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާ ކަން ރިފްއަތު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުންނާ މެދު ކުރެވޭ ކޮރަޕްޝަނާ ޖިނާއި ތުހުމަތުތައް ހާމަކަމާއި އެކީގައި އަވަސް މިނެއްގައި ބެލެވެން ޖެހޭ ކަމަށާއި، އެކަމަށްޓަކައި ކަމާ ބެހޭ އިދާރާއިން ކުރަން ޖެހޭ މަސައްކަތް އަވަސްކޮށް ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު