Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުހީ

މިއުޅެނީ ބޮޑުންނަށް އިންސާފު ހޯދަދޭކަށް ނޫން، އާދައިގެ ރައްޔިތުންނަށް އިންސާފު ހޯދަދޭން: މެމްބަރު އާޒިމް

13 ޖޫން 2019 | ބުރާސްފަތި 03:23

18 ވަނަ މަޖިލިސް ރައްޔިތުން ބަލައެއް ނުގަނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2019 | ބުރާސްފަތި 03:23
ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް

ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑު އިސްކަމެއްދޭނީ އާދައިގެ ރައްޔިތުންނަށް އިންސާފު ހޯދަދިނުމަށް ކުރާ މަސައްކަތްތަކަށް ކަމަށް މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު އާޒިމް ވިދާޅުވީ 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީސް ވަރަށް ބޮޑުތަން ވަރަށް ތަފާތު ކަމަށާއި، މިހާރު މަސައްކަތްތައް ދާ ގޮތުން އެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި 18 ވަނަ މަޖިލިސްގެ މެމްބަރުން 19 ވަނަ މަޖިލީއަށް ކުރިމަތިލެއްވި ނަމަވެސް ބޮޑުތަނުން ނާކާމިޔާބުވީވުމަކީ 18 ވަނަ މަޖިލީހުގައި ކަންކަން ހިނގާ ދިޔަ ގޮތް ރައްޔިތުން ބަލައި ނުގަންނަކަމުގެ އެންމެ ބޮޑު ހެކި ކަމަށެވެ.

19 މަޖިލީހަށް ރައްޔިތުން ކުރާ އުންމީދުތައް ވަރަށް ބޮޑުކަން ފާހަގަކުރައްވައި މެމްބަރު އާޒިމް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ނުލިބި ހުރި ކަންތައްތައް މަދު ނޫން ކަމަށާއި، މަޖިލީހުން އެންމެ ބޮޑު އިސްކަމެއް ދޭނީ އާދައިގެ ރައްޔިތުންނަށް އިންސާފު ހޯދަދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ އިންސާފު ހޯދައިދޭން މަސައްކަތް ކުރަނީ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެކަނި ނޫން ކަމަށެވެ.

މެމްބަރު އާޒިމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ވަނީ ޖުޑިޝަރީއާ ގުޅިފައި ކަމަށާއި، ނަމަވެސް އެ މުއައްސަސާ އިން ރައްޔިތުން ބިކަ ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ގެއްލިފައި ހުރި ފައިސާތައް ހޯދަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ރައްޔިތުން ކުރާ އުންމީދުތައް ވަރަށް ފޮނި ކަމަށާއި، އެ ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެނާއި، ބޯހިޔާވަހިކަން އިންސާފުން ހަމަހަމަކަމާ އެކު ހޯދައިދޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެ މެމްބަރު އާޒިމް ވިދާޅުވީ މިދިޔަ 5 އަހަރުގެ ތެރޭގައި ރާއްޖެ 80 ގެ އަހަރުތަކުގެ ފަހަތަށް ގެންގޮސްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިސްކުރާނީ ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރައްޔިތުން އެދޭ ބަދަލު ފެންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް