Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާޓްނަރޝިފް ފޯރަމް

ޕާޓްނަރޝިފް ފޯރަމް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

12 ޖޫން 2019 | ބުދަ 19:09

މި ޖޫން މަހުގެ 17 އަދި 18 ގައި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖޫން 2019 | ބުދަ 19:09
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ

ޕާޓްނަރޝިފް ފޯރަމް ބޭއްވުމުގެ ތައްޔާރީތައްވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މި ޖޫން މަހުގެ 17 އަދި 18 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް" އަށް ދިވެހި ސަރުކާރުން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާ ކަމަށާއި ފޯރަމްއަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިންގ އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Advertisement - newsAdvertisement

ޕާޓްނަރޝިޕް ފޯރަމް އިފްތިތާޙު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙެވެ. މި ފޯރަމްގައި ރަޙުމަތްތެރި ޤައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލު ކުރެވޭނެއެވެ. މި ފޯރަމްގައި، ދިވެހިރާއްޖެ އަކީ ބައިނަލްއަޤްވާމީ މުޖްމަތަމު އަށް ހުޅުވާލެވިފައިވާ ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އިޤްތިޞާދީ އަދި އިޖްމާޢީ އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ފޯރަމްގައި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއި ބެހޭ ގޮތުން ސަރުކާރުގެ ބައެއް ވަޒީރުން މައުލޫމާތު ދެއްވައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެއެވެ.

މި އަހަރުގެ ޕާޓްނަރޝިޕް ފޯރަމްގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެވޭނެއެވެ.

އެ ދާއިރާތަކަކީ:

* މާލީ އަދި އިޤްތިޞާދީ ދާއިރާ – ދިވެހިރާއްޖޭގެ މިވަގުތުގެ މާލީ އަދި އިޤްތިޞާދީ ހާލަތުގެ މައުލޫމާތު މި ޕެނަލް ޑިސްކަޝަންގައި ދެވޭނެއެވެ.

* ނޫ އިޤްތިޞާދު – ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިޤްތިޞާދީ ދާއިރާ ތަރައްޤީކުރުން

* އިޖްތިމާޢީ ދާއިރާ – ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްޤީކުރުމާއި، ސަޤާފީ އަދި ޒުވާނުންނާއި ގުޅޭ ކަންކަން

* އިދާރާތައް ހަރުދަނާކުރުން – ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުން

* ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ތަރައްޤީކުރުން – ޤައުމީ ތަރައްޤީގައި ޕްރައިވެޓް ސެކްޓަރ އަށް އަދާކުރެވިދާނެ ދައުރު

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަކީ ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ. މިފޯރަމްގައި ބައިވެރިވުމަށް ގިނަ ޤައުމުތަކަކުންނާއި ޖަމްއިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް އައިސް، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާއިރު، ސަރުކާރުގެ އެކި އިދާރާތަކުން ހިންގާ އެކި މަޝްރޫޢުތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެވިފައެވެ. ކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ކޯ-ހޮސްޓް ކުރައްވާ މި ފޯރަމްގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ބައެއް އިދާރާތަކުން ބައިވެރިވާނެއެވެ.

ޕާޓްނަރޝިޕް ފޯރަމް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖުލައި 2017

މެންބަރުން މަޖިލީހަށް ވަދެ ޖަލްސާ ބޭއްވުމުގެ މަސައްކަތް ފަށައިފި

24 ޖުލައި 2017
މެންބަރުން މަޖިލީހަށް ވަދެ ޖަލްސާ ބޭއްވުމުގެ މަސައްކަތް ފަށައިފި
01 ޖޫން 2017

ދިޔަވަމުންދާ ދެ ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ

01 ޖޫން 2017
ދިޔަވަމުންދާ ދެ ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ
31 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
23 މެއި 2017

ފްރީޑަމް ފޯރަމްގައި ރައީސް ނަޝީދު މިއަދު ތަގުރީރު ކުރައްވާނެ

23 މެއި 2017
ފްރީޑަމް ފޯރަމްގައި ރައީސް ނަޝީދު މިއަދު ތަގުރީރު ކުރައްވާނެ
21 މެއި 2017

ފްރީޑަމް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފި

21 މެއި 2017
ފްރީޑަމް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފި
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
31 މާރިޗު 2017

ވާލްޑް ސްކޮލް ފޯރަމްގައި ރައީސް ނަޝީދު ތަގްރީރުކުރައްވަނީ

31 މާރިޗު 2017
ވާލްޑް ސްކޮލް ފޯރަމްގައި ރައީސް ނަޝީދު ތަގްރީރުކުރައްވަނީ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް