Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުނިޔޭގެ ތިމާވެށީގެ ދުވަސް

ބޭނުމަކީ ރާއްޖޭގެ ޖައްވަކީ ދުނިޔޭގެ އެންމެ އުފާވެރި ޖައްވު ކަމުގައި ހެދުން: ޑރ. ހުސައިން

''ސާފު ބަޔަށް ބައިސްކަލް'' ދުއްވުމުގެ ހަރަކާތެއް ވަނީ ބައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 12 ޖޫން 2019 | ބުދަ 14:57
ވެއްޓަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ ގިނަކަންތައްތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި

ވެއްޓަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ ގިނަކަންތައްތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި

ބޭނުމަކީ ރާއްޖެގެ ޖައްވަކީ ދުނިޔޭގެ އެންމެ ވައިހެޔޮ އެންމެ ރަނގަޅަށް އޮކްސިޖަން ލިބޭ އަދި އެންމެ ސިއްހީގޮތުން ރަނގަޅު ޖައްވު ކަމުގައި ހެދުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ވައި ތަޢައްޔަރުވުމާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވީ، ކޮންމެ ދުވަހަކީވެސް ތިމާވެށީގެ ދުވަހެއް ކަމަށާއި، ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ވެއްޓަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

ތިމާވެށީގެ ދުވަހުގެ ޝިޔާރު ކަމަށްވާ ''ވައި ތަޢައްޔަރު'' އަށް އަލިއަޅުވައިލައްވަމުން ޑރ. ހުސައިން ވިދާޅުވީ، ދިވެހިރާއްޖެ އަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާއިރު، ވައި ތަޢައްޔަރުވުމުގެ މައްސަލަ އެހާ ބޮޑު ގައުމެއް ނޫން ކަމަށެވެ. ވައި ތަޢައްޔަރުވުމަކީ އެކަމާއި އުފާކުރަން ޖެހޭ ކަމެއް ނޫންކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ބަލާއިރު ވައި ތަޢައްޔަރުވުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ.

އެކަންކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، މިހާރުން ފެށިގެން އެ ފިޔަވަޅުތައް އެޅިއްޖެނަމަ ރާއްޖޭގެ ވެއްޓަކީ އެންމެ އެކަށީގެންވާ ދުނިޔޭގެ އެހެންތަންތަނަށް މިސާލަކަށްވާ ފަދަ ވެއްޓަކަށް ވެގެންދާނެ ކަމަށާއި، ރާއްޖޭގެ ޖައްވަކީ ސިއްހީ ގޮތުން ރަނގަޅު ޖައްވެއްގެ ގޮތުގައިވުމަކީ ކުރާ ބޮޑު އުއްމީދެއް ކަމަށް ވިދާޅުވިއެވެ.

ބުދަ ދުވަހު ހަވީރު އެއަރ ޕޮލިއުޓަންސް އާއި ގުޅޭ އެކްޝަން ޕްލޭން ލޯންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެކްޝަން ޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ އެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

އެއަރ ޕޮލިއުޓަންސް ޕްލޭން އަކީ ވައި ތަޢައްޔަރު ކުރާ މާއްދާތަކުގެ މިންވަރު އަންދާޒާ ކޮށް، އެކުލަވައިލެވުނު އެ ފަދަ ފުރަތަމަ ސްޓަޑީސްއެވެ.

އެ ޕްލޭން ހިމެނޭ ބައިތަކުގެ ތެރޭގައި:

- ރާއްޖޭގައި ވައި ތަޢައްޔަރު ކުރާ މާއްދާތައް ބޭރުކުރާ ސެކްޓަރ ތަކާއި، ކޮންމެ ސެކްޓަރ އަކުން ވަކި ވަކި މާއްދާތައް ބޭރުވާ މިންވަރު ދެނެގަތުން.

- މާއްދާތައް މަދުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ނަތިއްޖާ އެއްގެ ގޮތުން، އެ މާއްދާތައް ރާއްޖެއިން ޖައްވަށް ބޭރުވާ މިންވަރު ދެނެގަތުން.

- އެ ޕްލޭން އިމްޕޮލިމެންޓް ކޮށް މޮނިޓަރ ކުރެވޭނެ ގޮތް ހުށައެޅުން.

އެ ރަސްމިއްޔާތުގައި ވައި ތަޢައްޔަރުކުރާ މާއްދާތަކާއި ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީ، ޔުނައިޓެޑް އެންވަޔަރަމެންޓް ޕޮރްގްރާމް (ޔުނެޕް) މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި އީއައިއޭ ކޮންސަލްޓެންޓެއް ވަނީ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ.

އެ ޕްލޭނާއި މި އަހަރުގެ ދުނިޔޭގެ ދިމާވެށީގެ ދުވަހުގެ ޝިއާރާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

މި އަހަރުގެ ޝިއާރަކީ ''އެއަރ ޕޮލިއުޝަން'' އެވެ. މިއީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތިމާވެށީގެ މައްސަލައެވެ. ޕްލޭން ނެރުމަކީ ސަރުކާރުން އެ މައްސަލަ ބަލައިގަނެ، އެކަމަށް މަސައްކަތް ކުރަމުންދާ ކަމުގެ ނިޝަނެއް ކަމަށް އެނަވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން ތިމާވެށި ދުވަހާ ގުޅުވައިގެން ''ސާފު ބަޔަށް ބައިސްކަލް''ގެ ނަމުގައި އެންވަޔަރަމެންޓް މިނިސްޓްރީއާ ބައިކް މޯލްޑިވްސްއާ ގުޅިގެން ބައިސްކަލް ދުއްވުމުގެ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. ހުޅުމާލޭ ފެރީ ޓާމިނަލުން ފެށި އެ ހަރަކާތް ނިންމާލާފައިވަނީ ސޯޝަލް ސެންޓަރުންނެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު