Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމާވެށި ހިމާޔަތް ކުރުން

ބޮޑުތިލަދުންމަތިން 11 ސަރަޙައްދެއް ޙިމާޔަތްކޮށްފި

12 ޖޫން 2019 | ބުދަ 10:23

މި ސަރަހައްދުތައް ކަނޑައަޅާފައިވަނީ އީޕީއޭގެ ލިސްޓަށް ރިއާޔަތްކޮށްގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2019 | ބުދަ 10:23
ނ. ކެނދިކުޅުދޫ ކަނޑޫފާ

ނ. ކެނދިކުޅުދޫ ކަނޑޫފާ

ބޮޑުތިލަދުންމަތިން 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވި މި ނިންމުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

Advertisement - newsAdvertisement

އެގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ބޮޑުތިލަދުންމަތިން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި ސަރަހައްދުތަކަކީ:

ރައީސް އޮފީހުން ބުނީ، މި ސަރަޙައްދުތައް ކަނޑައެޅުއްވުމުގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޓްރެޑިޝަނަލް ނޮލެޖާއި، މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި، މަސްވެރިންނާއި ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަކަށް ބަލަފައިވާނެ ކަމަށެވެ. އެގޮތުން މި ސަރަހައްދުތައް ކަނޑައެޅުމުގައި ސަރަޙައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، ކަމާބެހޭ ވުޒާރާތަކާ މަޝްވަރާ ކުރެވިފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި އިން ކޮންމެ ސަރަހައްދަކީ ވެސް ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ސަރަހައްދުތަކެއް ކަމަށާއި، އެ ގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަޙައްދުތަކާއި، ޙިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެފަދަ ޤުދުރަތީ ގޮތުން މުއްސަނދި ސަރަޙައްދުތައް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި، ހިމާޔަތް ކުރިކަން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އާންމުކޮށް އިއުލާން ކުރުމާ އެކު، އެ ސަރަހައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާކަންކަން އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޖޫން 2023

މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

21 ޖޫން 2023
މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ
23 ޖެނުއަރީ 2023

މި އަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން 5 ސަރަޙައްދެއްގައި ފެށޭނެ: އެންޑީއޭ

23 ޖެނުއަރީ 2023
މި އަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން 5 ސަރަޙައްދެއްގައި ފެށޭނެ: އެންޑީއޭ
24 ޖެނުއަރީ 2022

ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވި ކުދިންތަކެއްގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފި

24 ޖެނުއަރީ 2022
ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވި ކުދިންތަކެއްގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފި
24 ޖެނުއަރީ 2022

ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވާ ކުއްޖާ ރަޖިސްޓްރީކޮށްދެވޭނީ ކޯޓުން ގޮތެއް ކަނޑައެޅުމުން

24 ޖެނުއަރީ 2022
ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވާ ކުއްޖާ ރަޖިސްޓްރީކޮށްދެވޭނީ ކޯޓުން ގޮތެއް ކަނޑައެޅުމުން
21 ޑިސެމްބަރު 2021

ލ އަތޮޅުގައި ހިމެނޭ، ތިމާވެށީގެ ގޮތުން ޚާއްސަ 6 ސަރަޙައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި

21 ޑިސެމްބަރު 2021
ލ އަތޮޅުގައި ހިމެނޭ، ތިމާވެށީގެ ގޮތުން ޚާއްސަ 6 ސަރަޙައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި
31 ޖެނުއަރީ 2021

މާލޭގެ ދެ ސަރަޙައްދެއްގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީތަކެއް!

31 ޖެނުއަރީ 2021
މާލޭގެ ދެ ސަރަޙައްދެއްގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް