Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ

އަދީބް ފުރުވާލުމަށް ނިންމި މައްސަލައާ ގުޅިން ހަތަރު މުއައްސަސާއެއްގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

އަދީބް ބޭސްފަރުވާއަށް ގޮސް ފިލާފާނެތީ، އެކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ސުވާލުކުރުމަށް ވަނީ ނިންމާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖޫން 2019 | ބުދަ 08:39
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލުމަށް ކަރެކްޝަނަލް ސާރވިސް އިން ކުއްލި ގޮތަކަށް ނިންމާފައިވުމާ ގުޅިގެން، އެކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ އިސްވެރިޔަކާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އަދި އިމިގްރޭޝަންގެ އިސްވެރިއެއް ބުދަ ދުވަހު ހަވީރު 4 ޖަހާއިރު ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އަދީބް ބޭސްފަރުވާއަށް ގޮސް ފިލާފާނެތީ، އެކަމުގެ ކަންބޮޑުވުން މެމްބަރުން ވަނީ ފާޅުކޮށްފައެވެ. އަދި މުއައްސަސާތަކުގެ ވެރިންނާއި، މި ކަމާއި ގުޅިގެން ސުވާލުކުރުމަށް ވަނީ ނިންމާފައެވެ.

ހަތަރު މުއައްސަސާއާއެކު ހަވީރު ހަތަރެއް ޖަހާއިރު ބާއްވާ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހެޅުއްވުމުން، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ.

ކޮމިޓީ މެމްބަރުން ނިންމާފައިވަނީ، ހަތަރު މުއައްސަސާގެ ވެރިން ސިއްރުކުރަން ނޭދިއްޖެނަމަ، ކޮމިޓީގެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ.

އަދީބް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލުމަށް ކަރެކްޝަނަލް ސާރވިސް އިން ކުއްލި ގޮތަކަށް ނިންމާފައިވާ ވުމާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ކުއްލި މައްސަލައެއް ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅުއްވާފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، މޯލްޑިވްސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލުމަށް ކަރެކްޝަނަލް ސާރވިސަސް އިން ނިންމާލާފައިވާއިރު، އަދީބްގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ ނޫސްވެރިޔާގެ އަހްމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރަށް ފުރުވާލުމުގައި އަދީބްގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދީބް ރާއްޖެއިން ބޭރަށް ފުރުވާލާއިރު، އަދީބް ފިލިޔަ ނުދިނުމަށް އަޅާފައިވަނީ ކޮންފިޔަވަޅުތަކެއްތޯ، ޗެކް ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މަޖިލީހުންގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިިލްވާން ވަގަށް ނެގި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތެއް ނެތް: ފުލުހުން

ރިިލްވާން ވަގަށް ނެގި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތެއް ނެތް: ފުލުހުން

28 މެއި 2017
މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި

މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި

13 މެއި 2017
ޔާމީނުގެ މަރުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތެއް ބާއްވައިފި

ޔާމީނުގެ މަރުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތެއް ބާއްވައިފި

05 މެއި 2017
ގާސިމް ބަންދު ކުރި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާ

ގާސިމް ބަންދު ކުރި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާ

01 މެއި 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު