Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމު ލޯނު

މަތީ ތައުލީމު ލޯނުގެ 163 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލައިފި

12 ޖޫން 2019 | ބުދަ 08:20

ލޯނުއެހީއަށް އެދުމުގެ ސުންގަޑި 24 ޖޫން 2019ގެ 13.30 އަށް ހަމަވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2019 | ބުދަ 08:20
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނުގެ 163 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް 163 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށާއި، "ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު 2019 ޖޫން" ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ކޮންމެ ދަރިވަރަކަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ލޯނުއެހީއަށް އެދޭ ފަރާތްތަކުން މިއުޞޫލާއި ޖަދުވަލުތަކުގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ލޯނުއެހީއަށް އެދުމުގެ ސުންގަޑި 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13.30 އަށް ހަމަވާއިރު، މިނިސްޓްރީން ކުރި އިއުލާނުގައި އިތުރަށް ބުނީ، އިއުލާނުގެ މުއްދަތު ހަމަވުމުގެ 3 ދުވަސްކުރިން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއިން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް އެއްފަހަރު ފުރުސަތު ދެވޭނެ ކަމަށާއި، ނަމަވެސް އިއުލާނުގެ މުއްދަތުގެ ފަހު 3 ދުވަހު ހުށަހަޅާ އެޕްލިކޭޝަންތަކަށް މި ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް 242 ޖާގައަށް ލޯނުގެ ފުރުސަތު ހުޅުވާލުމުން އެ ފުރުސަތަށް އެދުނު ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ޑިސްކޮލިފައިވެފައި ވާތީ މިނިސްޓްރީން އަލުން މި ފުުރުސަތު ހުޅުވާލާފައިވާއިރު، ކުރިން އެޕްލިކޭޝަންތައް ރިޖެކްޓްވި ސަބަބުތަކަށް ސަމާލުވެ، އުސޫލާ އެއްގޮތަށް ހުށައެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މާރޗު މަހު ލޯނަށް ހުޅުވާލުމުން 993 ކުދިން ކުރިމަތިލީ ނަމަވެސް އޭގެ ތެރެއިން ހޮވިފައިވަނީ 79 ކުދިންނަށްވާއިރު، އެހާ ގިނަ އަދަދެއްގެ ކުދިންގެ އެޕްލިކޭޝަން ރިޖެކްޓްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، ލޯނަށް ފުރުސަތު ހުޅުވާލީ ރާއްޖެއިން ބޭރުގައި ކިޔަވަން ކަމަށާއި، ނަމަވެސް ރާއްޖޭގައި ކިޔަވަން ވެސް ލޯނަށް އެދިފައި ވުމުގެ ސަބަބުން 106 އެޕްލިކޭޝަނެއް ރިޖެކްޓް ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، ލިސްޓްގައި ނުހިމެނޭ ޤައުމުތަކަށް ކިޔަވަން ދިއުމަށް އެދިގެން 192 ކުދިންގެ އެޕްލިކޭޝަން ރިޖެކްޓް ކޮށްފައިވާއިރު، އިއުލާނާ އެއް ގޮތަށް އެޓެސްޓް ކޮށްފައި ނެތުމުގެ ސަބަބުން 183 އެޕްލިކޭޝަން އަދި ސެޓްފިކެޓްތަކުގެ ދެފުށް ހުށައަޅާފައިނުވާތީ 271 އެޕްލިކޭޝަނެއް ވަނީ ރިޖެކްޓް ކޮށްފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް