Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ތިމާވެށީގެ ދުވަސް

ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ގޮވާލައްވައިފި

12 ޖޫން 2019 | ބުދަ 04:27

ތަރައްޤީއަކީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަން ނަގާލާ ކޮންކްޓްރީ ޖަންގަލީގެ ގޮތަށް ތަރައްޤީ ކުރުމެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖޫން 2019 | ބުދަ 04:27
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ތާރީހީ ފޮޓޯ އެކުލެވޭ މައުރަޒެއް ނޭޝަނަލް އާރޓް ގެލަރީގައި ހުޅުއްވައި ދެއްވުމަށް ފަހު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރަނީ ހަމައެކަނި ދުވަހެއް ފާހަގަކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި އެ ދުވަސް މި ފާހަގަކުރަނީ އެކަމުން އަރައިގަނެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

ތަރައްޤީއަކީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަން ނަގާލާ ކޮންކްޓްރީ ޖަންގަލީގެ ގޮތަށް ތަރައްޤީ ކުރުން ނޫންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގަސްތައް ކެނޑުމަކީ އެއީ "ލާސްޓް އޮޕްޝަން"އަށް ހަދަން ޖެހޭ ކަމަށެވެ. ގަހެއް ކަނޑައިފިކަމުގައިވާ ނަމަ އެ ކެނޑި ގަހުގެ ބަދަލުގައި ދެ ގަސް އިންދުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

ނިއުމަތެއް އޮންނަހާ ހިނދަކު އޭގެ އަގު ވަޒަންނުކުރެވި ހިނގައިދާނެ ކަމަށާއި ގެއްލިގެން ދިޔުމުން އެކަމާ ހިތާމަކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ދިވެހިރާއްޖެއަށް މާތް ރަސްކަލާނގެ މިންވަރު ކުރެއްވީ އެންމެ މަތިވެރި އެއް ނިއުމަތަކީ ރީތި ގޮޑުދޮށްތަކާއި ސާފު ދޮންވެލި ބިންތަކުގެ އިތުރުން ރީތި ރަށްތައް އެކުލެވޭ މި ޖައްވު ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މައުރަޒުން ފެންނަން ހުރި ފޮޓޯތަކުން ދޭހަވާ މެސެޖުތައް ނުވަތަ އިންޒާރުތައް ބަލައިގަނެ އެ ދުވަހު އެ އޮތް ޖަޒީރާ ރާއްޖެ އެ ގޮތުގައި ދެމެހެއްޓޭތޯ މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް