Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވޫޑް

ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖް ކުރަނީތަ؟

28 ޖޫން 2018 | ބުރާސްފަތި 05:50

އެންގޭޖްވުމަށް ރާވާފައިވަނީ އަންނަ ޖުލައި މަހުގެ ފަހުކޮޅު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 ޖޫން 2018 | ބުރާސްފަތި 05:50
ނިކް އާއި ޕްރިޔަންކާ ރޭނަގޑުގެ ކެއުމަކަށް ދަނީ

ނިކް އާއި ޕްރިޔަންކާ ރޭނަގޑުގެ ކެއުމަކަށް ދަނީ

މިވަގުތު އިންޑިއާގެ ގޯއާގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވޫޑް އަދި ހޮލީވޫޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިއުންތެރިޔާ ނިކް ޖޯނަސް އެންގޭޖްކުރަން އުޅޭ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް އެންގޭޖް ކުރުމަށް ރާވާފައި ވަނީ އަންނަ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅެވެ.

ނިކްގެ އިންޑިއާ ދަތުރަކީ ވެސް ޕްރިޔަންކާ ރާވާފައިވާ ދަތުރެއް ކަމަށާއި އެއީ ނިކްއަށް ޕްރިޔަންކާގެ އާއިލާއާ ބައްދަލުކޮށްދިނުމަށް ރޭވި ދަތުރެއް ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މި ދެ މީހުން ސިއްރުން އެކަކު އަނެކަކަށް އެންގޭޖް ވެފައިވާ ކަމަށް ވާހަކަ ދެކެވެން ވަނީ ފަށާފައެވެ. މިދިޔަ ހަފްތާގައި މި ދެތަރިން ޑޭޓަށް ދިޔައިރު ދެ މީހުންގެ އަތުން ވެސް އެއްވައްތަރުގެ ރަން އަނގޮޓި ފެނިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހުކުރު ދަވަހުގެ ރޭ "ޑިނާ ޑޭޓް" އަށް ދިޔައިރު މި ދެތަރިން އަތުގުޅައިގެން ދިޔަ މަންޒަރު ފެނިފައި ވެއެވެ. މި ޑިނާގައި ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްޅާ ވެސް ވަނީ ބައިވެރިވެފައެވެ.

ނިކްއާ ބެހޭ ގޮތުން އިންޑިއާގެ ނޫހަކުން ސުވާލު ކުރުމުން މަދޫ ބުނެފައި ވަނީ ނިކްއާ މެދު އެއްޗެއް ބުނަން އަދި މާއަވަސް ކަމަށެވެ. އެމީހުން ދިޔައީ ރޭގަނޑުގެ ކެއުމަކަށް ކަމަށާއި އެ ޑިނާގައި ނިކް ވެސް ބައިވެރިވި ކަމަށެވެ. އެތާގައި އޭނާ ނުދަންނަ ގިނަ މީހުން ތިބުމުގެ ސަބަބުން ނިކް ވާހަކަދައްކަން ފުރުސަތު ނުލިބުނު ކަމަށް މަދޫ ވަނީ ބުނެފައެވެ. އަދި މިއީ އޭނާ ނިކް އާއި ދިމާވި ފުރަތަމަ ފަހަރު ކަމަށް މަދޫ ވަނީ ބުނެފައެވެ.

މިމަހުގެ ކުރީކޮޅު ނިކް ވަނީ އޭނާގެ އާއިލާގެ މީހެއްގެ ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާ ގޮވައިގެން ގޮސްފައެވެ.

އެ ހަފްލާގެ ތެރެއިން ޕްރިޔަންކާ އާއި ނިކް އާއިލާ ވަނީ ބައްދަލުކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް