Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔަންކާ- ނިކް

ނިކް ގޮވައިގެން ޕްރިޔަންކާ އިންޑިއާއަށް ހިނގައްޖެ

23 ޖޫން 2018 | ހޮނިހިރު 04:25

ޕްރިޔަންކާއާއި ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ ދެކެވެން ފެށީ 2017 ވަނަ އަހަރުގެ މޭ މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 23 ޖޫން 2018 | ހޮނިހިރު 04:25
ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް އިންޑިއާގެ މުމްބާއިގައި

ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް އިންޑިއާގެ މުމްބާއިގައި

އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ނިކް ޖޯނަސް އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ފެތުރިފައިވަނިކޮށް އެ ދެ މީހުން އެކުގައި އިންޑިއާގެ މުމްބާއިއަށް ގޮސްފިއެވެ.

ޕްރިޔަންކާއާއި ނިކް އިންޑިއާއަށް ގޮސްފައިވަނީ ހުކުރު ދުވަހުއެވެ. އެކީގައި އިންޑިއާއަށް ދިޔަ ނަމަވެސް، އެއާޕޯޓުން ނިކުތް އިރު ދެ މީހުންވެސް މޫނު ފޮރުވަން މަސައްކަތް ކޮށްފައިވެއެވެ.

އެއާޕޯޓުން ނިކުތް އިރު ކެމެރާތަކަށް މޫނު ފޮރުވި ނަމަވެސް، ދެ މީހުން ހުކުރު ދުވަހުގެ ރޭ ވަނީ ރޭގަނޑުގެ ކެއުމަކަށް ރެސްޓޯރަންޓަކަށް ގޮސްފައެވެ. އަދި ރެސްޓޯރަންޓަށް ދިޔަ އިރު އެއްވެސް ވަރަކަށް ކެމެރާއަށް ފިލަން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މި ޑިނަރގައި ޕްރިޔަންކާގެ މަންމަ މަދޫ އަދި ކޮއްކޮ ސިދާތުވެސް ބައިވެރިވިއެވެ.

ދެ މީހުންގެ ގުޅުމާ ގުޅޭ ގޮތުން މިހާތަނަށް ޕްރިޔަންކާ ނުވަތަ ނިކްވެސް އެއްޗެއް ބުނެފައި ނުވާއިރު އެކީގައި ޕްރިޔަންކާގެ ގައުމަށް ދަތުރު ކުރުމުން އެ ދެމީހުންގެ މެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. އަދި އެ ދެ މީހުން އިންޑިއާ ގައި ދިރިއުޅެނީ ޖުހޫގައި ހުންނަ ޕްރިޔަންކާގެ ގޭގައި ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ފެތުރިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއަށް ފަހުއެވެ. ދެ މީހުން އެ އިވެންޓަށް ގޮސްފައިވަނީ އެކުގައެވެ. ނަމަވެސް ދެ މީހުންވެސް ވަނީ "އެއީ އެކަހަލަ ކަމެއް ނޫން" ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފައެވެ. އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން އޭރު ބުނެފައިވެއެވެ.

ނަމަވެސް މި އަހަރުގެ މޭ މަހު ފަހުކޮޅު އަނެއްކާވެސް މި ވާހަކަތައް ފެތުރެން ފެށިއެވެ. ދެ މީހުން އެކުގައި ގިނަ ގިނައިން ފެންނަން ފެށިއެވެ. ދެ މީހުންގެ ގުޅުމުގެ ސީރިއަސްކަން ހާމަވީ ނިކްގެ ތިމާގެ މީހެއްގެ ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާ ގޮވައިގެން އޭނާ ދިއުމުންނެވެ. އަދި އޭގެ ދުވަސް ކޮޅެއް ފަހުން ނިކް ޕްރިޔަންކާއާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ މީޑިއާގައި ފެތުރުނެވެ.

ޕްރިޔަންކާގެ ހޮލީވުޑް ކެރިއާ ފަށާފައިވަނީ 2015 އަހަރު، އޭބީސީގެ 'ކުއަންޓިކޯ' ސީރީޒްއިންނެވެ. އޭގެ ފަހުން 'ބޭވޮޗް' އަދި 'އަ ބޯއި ލައިކް ޖޭކް' ފަދަ ފިލްމް ތަކުން އޭނާ ފެނިފައިވާއިރު، ކުއަންޓިކޯގެ މިހާރު ކުރިއަށް ދާ ސީޒަން 3 ވެގެންދާނީ ޝޯވ ގެ ފަހުގެ ސީޒަނަށެވެ. ދެން އޭނާ ފެނިގެން ދާނީ ސަލްމާން ޚާންއާ އެކު 'ބަރާތު' އިން ކަމަށް ރިޕޯޓްތަކުގައި ވެއެވެ. އަދި އޭނާ މި ދުވަސްކޮޅު ގިނައިން ކުރަނީ ޔުނިސެފްއާއި ގުޅިގެން އިންސާނީ ހައްގުތަކާ ބެހޭ މަސައްކަތެވެ.

"ޖެލަސް" އަދި "ކްލޯޒް" ފަދަ ލަވަތައް ކިޔާފައިވާ ނިކް ޖޯނަސް ފުރަތަމަ ފެނިފައިވަނީ އޭނާގެ ދެ ބޭބެ ކަމުގައިވާ ކެވިންއާއި ޖޯ އާއިއެކު 'ޖޯނަސް ބްރަދަރސް' ބޭންޑުންނެވެ. އޭގެ ފަހުން އޭނާވަނީ ސީރީޒްތަކުންނާއި ފިލްމްތަކުންވެސް ފެނިފައެވެ.

Loading Instagram post...

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖުލައި 2017

ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

17 ޖުލައި 2017
ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ
31 މެއި 2017

ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

31 މެއި 2017
ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
11 މެއި 2017

ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ

11 މެއި 2017
ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ
02 މެއި 2017

"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި

02 މެއި 2017
"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
21 މާރިޗު 2017

ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ

21 މާރިޗު 2017
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް