Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓުގެ އަގު ބޮޑުވުން

ބިލް ބޮޑުވީ ހޫނު ގަދަވުމާއި ރޯދަ މަހު ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވުމުން: ސްޓެލްކޯ

ހޫނު ގަދަ ވުމުގެ ސަބަބުން ގިނައިން ކަރަންޓު ބޭނުންކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2019 | އަންގާރަ 09:21
ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ކަރަންޓުގެ ބިލު ބޮޑުވެފައި ވަނީ ހޫނު ގަދަވުމާއި ރޯދަ މަހާ ދިމާކޮށް ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އަންގާރަ ދުވަހު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ސަލީމް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހޫނު ގަދަވުމުގެ ސަބަބުން ގިނައިން ކަރަންޓް ބޭނުންކޮށްފައިވާ ކަމަށާއި، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސބަބުން ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ކަރަންޓްގެ އަގު ބޮޑުވުމަށް މެދުވެރިވާ ކަމަށެވެ.

ސްޓެލްކޯ އިން އެހެން ބުނެފައިވާއިރު، ސަރުކާރުން އަގު ހެޔޮކޮށްފައިވާ ކަރަންޓްގެ އަގަށް ބަލައިގެން ތައްޔާރު ކުރި ކަރަންޓް ބިލްތައް ގެތަކަށް ލިބުނު އިރު ކުރީ މަސްތަކަށް ވުރެ އާދަޔާ ހިލާފަށް ބިލް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ކަރަންޓްގެ އަގު ކުޑަކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށް ވުމާ އެކު އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ވަނީ ކަރަންޓްގެ އަގު ހެޔޮކުރިކަން އިއުލާނުކޮށްފައެވެ. އަދި މާލެއެކޭ އެއް ހަމައަކަށް ރަށްރަށުގެ ކަރަންޓް ރޭޓް ވަނީ ކަނޑައަޅާފައެވެ. ކަރަންޓްގެ އަގު އަގުހެޔޮކުރިކަން ސަރުކާރުން އިއުލާނުކުރި ނަމަވެސް ފާއިތުވި ދެ މަހުގެ ބިލު، ހާއްސަކޮށް އެންމެ ފަހުގެ ބިލު ބޮޑުވެފައިވާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު