Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ކަލަރ ރަން އައްޑޫ

އައްޑޫގައި ބާއްވާ އުރީދޫ ކަލަރ ރަންގައި ބައިވެރިވާން ހުޅުވާލައިފި

ކަލަރ ރަން އޮންނާނީ ޖޫން 28 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2019 | އަންގާރަ 06:58
އުރީދޫ ކަލަރ ރަން

އުރީދޫ ކަލަރ ރަން

އައްޑޫގައި ބާއްވާ އުރީދޫ ކަލަރ ރަންގައި ބައިވެރިވުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނީ، ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އިވެންޓެއް ކަމަށެވެ. އޭގެ އިތުރުން، ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން އެކަން ފާހަގަ ކުރާނެ ކަމަށާއި، މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހެއް ނޫން ކަމަށް ވެސް އުރީދޫ އިން ބުނެފައި ވެއެވެ.

ޖޫން މަހުގެ 28 ވަނަ ދުވަހު އައްޑޫގައި ކުރިއަށްގެންދާ މި ކަލަރ ރަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާ ގުޅިގެން އުރީދޫއިން ކުރިއަށް ގެންދާއިރު، މިފަހަރު އިވެންޓް އޯގަނައިޒަރއަކީ ޔުނިކްސް ސްޕޯޓިންގ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

މި ކަލަރ ރަންގެ ކިޓުތައް ދެ ގެޓެގަރީއަކުން ލިބޭއިރު، ސްޓޭންޑަޑް ކިޓްގެ ޓީޝާރޓުގެ އަގަކީ 85ރ. އެވެ. އޭގެ އިތުރުން، ފަން ކިޓުގައި 150ރ. އަށް ލިބޭ އުރީދޫ ކަލަރ ރަން އައްޑޫ ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ކަރުދާސް ތޮތްޕަކާއި ފޮތި ދަބަހެއް ހިމެނިފައި ވެއެވެ.

މި ފަހަރުގެ ކަލަރ ރަންގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫ އިން އެދިފައި ވެއެވެ.

އުރީދޫ އިން 2017 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ ކަލަރ ރަންއަކީ ފަސް ކިލޯމީޓަރުގެ ދުވުމުގެ ހަރަކާތެކެވެ. މި ދުވުމުގައި ގަޑިއަށް ބަލައިގެން އެއްވެސް ވަނައެއް ނުދޭއިރު، އިނާމު ދޭން ހަމަޖެހިފައި ވަނީ އެންމެ ތަފާތު ދުވުމުގެ ސްޓައިލް ގެންގުޅޭ ދުވުންތެރިންނަށެވެ. މި ފަހަރުގެ ރަންގައި ވެސް ކުލަ ޖެހުމާއި މިއުޒިކީ ފަންނާނުންގެ ހަރަކާތްތައް ހިމެނެއެވެ. ފާއިތުވެ ދިޔަ ދެ އަހަރުގައި މި ރަންއަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު