Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

ދާއިމީ ކޮމިޓީތަކުގައި ތިއްބަވާނެ މެމްބަރުންގެ އަދަދަށް ބަދަލު ތަކެއް

10 ޖޫން 2019 | ހޯމަ 18:29

މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގެ ކޮންޓްރޯލް ލިބެނީ އެމްޑީޕީ އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 ޖޫން 2019 | ހޯމަ 18:29
މިއަދު ބޭއްވި ވަގުތީ ގަވައިދު ކޮމިޓީގެ ތެރެއިން

މިއަދު ބޭއްވި ވަގުތީ ގަވައިދު ކޮމިޓީގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ 16 ކޮމިޓީގައި ޕާޓީތައް ތަމްސީލު ކުރާނެ މެމްބަރުންގެ އަދަދު އެކަމަށް ކަނޑައެޅި ދެ ކޮމިޓީއިން ކަނޑައަޅައިފިއެވެ.

ކޮންމެ ކޮމެޓީއެއްގައި 11 މެމްބަރުން ތިބުމަށް ވަގުތީ ގަވައިދު ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެހެންކަމުން ކޮމިޓީތަކަށް މެމްބަރުން ބެހުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީއެއް އެކުލަވާލިއެވެ.

Advertisement - newsAdvertisement

އެގޮތުން އެ ކޮމިޓީއިން ނިންމި ނިންމުމުގައި 241 ކޮމިޓީ ފިޔަވައި ދެން ހުރި ކޮންމެ ކޮމިޓީއެއްގައި 11 މެމްބަރުން ހިމެނޭ ނަމަ ކޮމިޓީތަކުން 176 ޖާގަ ލިބެއެވެ.

އެއީ މަޖިލީހުގައި 65 މެމްބަރުން ހިމެނޭ އެމްޑީޕީއަށް ދީފައިވަނީ 75 ޕަސެންޓަށްވާ 132 ޖާގައެވެ. އޭރުން ކޮންމެ ކޮމިޓީއަކުން އެމްޑީޕީއަށް ލިބެނީ 9-8 ޖާގައެވެ. ޖޭޕީއާއި ޕީޕީއެމްގައި ކޮންމެ ޕާޓީއެއްގައި މަޖިލީސް ތަމްސީލު ކުރާ ފަސް މެމްބަރުން ތިއްބަވާއިރު ކޮންމެ ޕާޓީއަކަށް ލިބިފައި ވަނީ ހަ ޕަސެންޓަށްވާ 10 ޖާގައެވެ. ޖޭޕީއާއި ޕީޕީއެމް އަށް ތިބެވެނީ ކޮންމެ ޕާޓީއަކުން އެއް މެމްބަރެކެވެ.

ޕީއެންސީގައި ތިން މެމްބަރުން ތިއްބަވާއިރު އެ ޕާޓީއަށް ލިބެނީ ހަ ކޮމެޓީއަކުން ހަ ޖާގައެވެ. އެއީ ތިން ޕަސެންޓެވެ. އެމްޑީއޭގައި ދެ މެމްބަރުން ތިއްބަވާއިރު އެ ބޭފުޅުންނަށް ލިބެނީ ދެ ޕަސެންޓާއި އެކު ހަތަރު ކޮމިޓީއަކުން ހަތަރު ޖާގައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް ބޭފުޅުން ތިއްބަވާ އިރު އެ ބޭފުޅުންނަށް 14 ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެއީ އަށް ޕަސެންޓަށްވާވަރަށް 14 ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއެއްގައި އަމިއްލަ އެއް މެމްބަރެވެ.

އެ ޖާގަތައް ބަހާލުމުން ބައެއް ކޮމިޓީތަކުގައި ވަގުތީ ގަވައިދު ކޮމިޓީން ނިންމި ގޮތާއި ޚިލާފަށް 11 މެމްބަރުންނަށް ވުރެ އިތުރު ވެއެވެ. އަދި ބައެއް ކޮމިޓީތަކުގައި 11 މެމްބަރުންނަށް ވުރެ މަދު ވެއެވެ.

ޕާޓީތައް ތަމްސީލު ކުރާނެ ގޮތް ވަގުތީ ކޮމިޓީން ނިންމިގޮތަށް ބަލާއިރު އެންމެ ގިނަ މެމްބަރުން ހިމެނެނީ މާލިއްޔަތު ކޮމިޓީގައެވެ. އެކޮމިޓީގައި 14 މެމްބަރުން ތިއްބަވައެވެ. އިގްތިސާދީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގައި، ކޮންމެ ކޮމިޓީއެއްގައި 13 މެމްބަރުން ތިއްބަވައެވެ.

އެންމެ މަދު މެމްބަރުން ބޭނުންވެލެއްވީ ޕެޓިޝަން ކޮމިޓީއިންނެވެ. އެ ކޮމިޓީއިން ޖާގަ ބޭނުންވެލެއްވީ އަށް މެމްބަރުންނެވެ.

16 މެމްބަރުން ތިއްބަވާނެ ކޮމިޓީތައް، ކޮމިޓީތަކަށް މެމްބަރުން ބެހުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީއިން ވަގުތީ ގަވައިދު ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީއިން ވަނީ މެމްބަރަކު ބަދަލު ކުރަން ވާނީ މެމްބަރުންގެ ރުހުން އޮވެގެން ކަމަށާއި އެނޫންގޮތަކަށް މެމްބަރަކު ބަދަލު ނުކުރެވޭނެ ގޮތަށް ކަނޑައަޅާފައެވެ. އެގޮތަށް ވަގުތީ ގަވައިދު ކޮމިޓީއަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ. އެ ހުށައެޅުއްވުމަށް ތާއީދު ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރުހުން ނެތި މެމްބަރުން ކޮމިޓީތަކަށް ބަދަލު ކުރުމުން އެކަން ނިމިދިޔަ މަޖިލީހުން ފެނިގެން ދިޔަ ކަމަށާއި ކޯރަމް ހަމަނުވެ ކޮމިޓީތައް ނުބޭއްވޭތަން އައި ކަމަށެވެ. އަދި އެކަން ތަކުރާރު ވިޔަ ނުދިނުމަށް އެހުށައެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަބްދުލްޣަފޫރު ހުށައެޅުއްވި ހުށައެޅުއްވުން ފާސްވީ ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް