Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމަށް ލޯނު އެހީ ދިނުން

މަތީ ތައުލީމަށް ލޯނަށް ހުޅުވާލަނީ އެހީ ދިނުމުގެ އުސޫލު މުރާޖައާ ކުރުމަށް ފަހު: ހަޔަރ އެޑިއުކޭޝަން

ބާކީ ހުރި 163 ޖާގައަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖޫން 2019 | ހޯމަ 09:05
މަތީ ތައުލީމު ލޯނު ފުރުސަތުތަކާ ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން ވާހަކަފުޅު ދައްކަވަނީ

މަތީ ތައުލީމު ލޯނު ފުރުސަތުތަކާ ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން ވާހަކަފުޅު ދައްކަވަނީ

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ކުރިމަތިލުމުގައި ބަލާ އުސޫލު މުރާޖައާ ކުރުމަށް ފަހު އަލުން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

މަތީ ތައުލީމަށް ލޯނު ދީފައިވާ ގޮތާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރ ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނަށް ލޯނު އެހީ ދިނުމުގެ އުސޫލު މުރާޖައާ ކުރުމަށް ފަހު މާރޗު 2019 ގެ ލޯން ސްކީމުގެ ދަށުން މިހާތަނަށް މީހުން ކަނޑައަޅާފައި ނުވާ 163 ޖާގައަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެ ދުވަހުގެ ތެރޭގައި ލޯނަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ފުުރުސަތު އަލުން ދިނުމަށް ނިންމާފައި ވަނީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް 242 ޖާގައަށް ލޯނުގެ ފުރުސަތު ހުޅުވާލުމުން އެ ފުރުސަތަށް އެދުނު ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ޑިސްކޮލިފައިވެފައި ވާތީ ކަމަށާއި، އެ ފަރާތްތަކަށް ވެސް އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ކަމަށެވެ.

މާރޗު މަހު ލޯނަށް ހުޅުވާލުމުން 993 ކުދިން ކުރިމަތިލީ ނަމަވެސް އޭގެ ތެރެއިން ހޮވިފައިވަނީ 79 ކުދިންނަށްވާއިރު، އެހާ ގިނަ އަދަދެއްގެ ކުދިންގެ އެޕްލިކޭޝަން ރިޖެކްޓްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، ލޯނަށް ފުރުސަތު ހުޅުވާލީ ރާއްޖެއިން ބޭރުގައި ކިޔަވަން ކަމަށާއި، ނަމަވެސް ރާއްޖޭގައި ކިޔަވަން ވެސް ލޯނަށް އެދިފައި ވުމުގެ ސަބަބުން 106 އެޕްލިކޭޝަނެއް ރިޖެކްޓް ވެފައިވާ ކަމަށެވެ. އޭގެ އިތުރުން، ލިސްޓްގައި ނުހިމެނޭ ޤައުމުތަކަށް ކިޔަވަން ދިއުމަށް އެދިގެން 192 ކުދިންގެ އެޕްލިކޭޝަން ރިޖެކްޓް ކޮށްފައިވާއިރު، އިއުލާނާ އެއް ގޮތަށް އެޓެސްޓް ކޮށްފައި ނެތުމުގެ ސަބަބުން 183 އެޕްލިކޭޝަން އަދި ސެޓްފިކެޓްތަކުގެ ދެފުށް ހުށައަޅާފައިނުވާތީ 271 އެޕްލިކޭޝަނެއް ވަނީ ރިޖެކްޓް ކޮށްފައެވެ.

އޭގެ އިތުރުން ވެސް ތަފާތު ސަބަބުތަކާ ހެދި އެޕްލިކޭޝަންތައް ރިޖެކްޓުވެފައިވާއިރު، މިނިސްޓަރ ވިދާޅުވީ، އަލަށް ހުޅުވާލުމުން އެކުދިންނަށް މި ހަފްތާގެ ތެރޭގައި މިނިސްޓްރީގެ ޕޯރޓަލްގެ ތެރެއިން އެޕްލިކޭޝަންތައް އެޑިޓްކޮށް އަލުން ފޯމު ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެޕްލިކޭޝަން ފޯމު ފުރާއިރު، އުސޫލަށް ރިއާޔަތް ކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު