Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާމުއި

މާމުއިގެ ޕްރޮމޯޝަނަލް ލަވަ ވަރަށް ފުރިހަމަ، ޓިކެޓް ވިއްކަން ފަށަނީ ހޯމަ ދުވަހު

ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 10 ޖޫން 2019 | ހޯމަ 03:15
މާމުއިގެ ޕްރޮމޯޝަނަލް ލަވައިގެ ފޯސްޓަރު

މާމުއިގެ ޕްރޮމޯޝަނަލް ލަވައިގެ ފޯސްޓަރު

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ނެރޭ ދެވަނަ ފިލްމު، "މާމުއި"ގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޔޫޓިބްގައި އާއްމުކޮށްފައިވާ ''ރޭރޭ'' ލަވައިން ފިލްމުގައި ހަރަކާތްތެރިވާ ހުރިހާ ތަރިން ގޮތަށް ފެނިގެންދެއެވެ.

ޒުވާން ލަވަކިޔުންތެރިޔާ މީރާ ކިޔާފައިވާ މި ލަވައިގެ ރެޕް ބައި ކިޔައިދީފައި ވަނީ ޓޯއިއެވެ. މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށްފައިވާ މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ހުސޭން ތައުފީގްއެވެ. ލަވަޔަށް ތައުރީފުކުރި ގިނަ މީހުން ބުނީ، އެ ލަވައަކީ ތަފާތު ލަވައެއް ކަމަށާއި، އެ ލަވަ ގެނެސްދީފައި ވާގޮތް ވަރަށް ފުރިހަމަ ކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރު މޮގާ ބުނީ، ހޯމަ ދުވަހު 10:00 އިން ފެށިގެން އޮލިމްޕަހުން ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ. ޕްރިމިއާ ނައިޓްގައި 150ރ. އަށް ޓިކެޓެއް ވިއްކާއިރު އެހެނިހެން ރޭތަކުގައި ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ.

"މާމުއި"ގެ ފުރަތަމަ ޓްރެއިލަރ ރިލީޒް ކޮށްފައި ވަނީ މާޗް މަހުއެވެ. މި ފިލްމަކީ ކޮމެޑީ ފިލްމަކަށް ވާއިރު، ފިލްމުގެ ޓްރެއިލަރއިން ފިލްމުގައި ހަރަކާތްތެރިވާ ގިނަ ފަންނާނުންތަކެއް ފެނިގެންދެއެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ ބާނީ މޮގާ އާއި އޭނާގެ އަންހެނުން އައިޝަތު ފުވާދު އެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރުމަށް ކުރިން ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. މޮގާ ކުރިން ބުނީ ފިލްމު ރިލީޒްކުރުން ލަސްކުރީ ފިލްމާ މެދު ކުރެވޭ އުއްމީދު ބޮޑުވެފައި ބޭނުންވާ މުއްދަތަށް އޮލިމްޕަސް ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ފަންނާނުންގެ ތެރޭގައި ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމެއިހް (ޖުމާ)، އަޙުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އާދަމް ރިޒްވީ (ރެކްސް)، ޢަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އަޙުމަދު ސުނީ، ހަމްދާން ފާރޫޤު، ސަމާހަތު ރާޒީ، މާރިއާ ތެރޭސާ ޕެގާނޯ، އައިޝަތު ޔާދާ، އަލީ ޝަޒްލީމް، އަޙުމަދު ސައީދު އަދި އިބްރާހިމް އަމާން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު