Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމުގެ ލޯން

މަތީ ތައުލީމް ލޯން މައްސަލާގައި އެމްޑީޕީގެ މެމްބަރުން މިނިސްޓަރާއި މަޝްވަރާކޮށްފި

9 ޖޫން 2019 | އާދީއްތަ 14:44

ލޯނަށް ހުށަހެޅުމަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް މެމްބަރުން މިނިސްޓަރަށް ހުށަހެޅި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 ޖޫން 2019 | އާދީއްތަ 14:44
މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ގިނަ ދަރިވަރުންތަކަކަށް މަތީ ތައުލީމްްގެ ލޯން ނުލިބުނު މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާ މަޝްވަރާކުރައްވައިފި އެވެ.

މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާ މަޝްވަރާކޮށްފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދާ މިންވަރާ ގުޅެގޮތުން އެމްޑީޕީން އުފައްދާފައިވާ ކޮމެޓީތަކުގެ ތެރެއިިން "ފަހުރުވެރިި އާއިލާ" ކޮމެޓީންނެވެ. އެ ކޮމެޓީގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވެސް ހިމެނިވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ކޮމެޓީގެ މުޤައްރިރުކަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ލޯނު މައްސަލާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވި ކަމަށެވެ. އަދި ހުރި މައްސަލަތައް ހައްލުކުރާނެގޮތާ ގުޅެގޮތުން މަޝްވަރާކުރެވުނު ކަމަށާއި، އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ހުރި ދަތިތައް ލުއިކޮށްދިނުމަށް ހުށަހެޅިކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. އަދި ލޯން ނުލިބުނު ދަރިވަރުންނަށް، ލޯން ނުލިބުނީ ވރަށް ކުދިކުދި މައްސަލަތައްޖެހިގެންކަމުން އެކަންކަން ހައްލުކުރުމުގެ ފުރުސަތެއް އެ ކުދިންނަށް ދިނުމަށް ހުށަހެޅި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ ބައްދަލުވުމުގައި ގިނަ ދަރިވަރުންތަކަކަށް ލޯނު ނުލިބުމުން މެމްބަރުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރި ކަމަށެވެ. އަދި ދަރިވަރުންނަށް ލޯން ނުލިބުނު ސަބަބުތައް މިނިސްޓަރުގެ ކިބައިން އޮޅުން ފިލުވިކަމަށާއި، އެޕްލިކޭޝަންގައި ޖެހުނު މައްސަލަތައް ވެސް މެމްބަރުން މިނިސްޓަރުގެ ކިބައިން އޮޅުން ފިލުއްވި ކަމަށެވެ.

ބައްދަލުުވުމާއި ގުޅެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ކަންކަން ރަނގަޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދު ފުއްދުމަށް މިނިސްޓަރ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި މާދަމާ އަލުން އަނެއްކާވެސް ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިކަމަށް ސަލީމް ވިދާޅުވި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯނު ލިބުނީ 79 ފަރާތަކަށް ކަމަށެވެ. ގިނަ ދަރިވަރުން ޑިސްކޮލިފައިވީ އާންމުކުރެވުނު އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށަހެޅިފައި ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްދޭނެ ކަމަށާއި، ބާކީ ޖާގަތަކުގައި ކިޔެވުމަށް މި މަހުގެ 20 ގައި އަނެއްކާ ވެސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

21 މާރޗުގައި އިއުލާން ކުރެވުނު 242 ޖާގައިގެ މަތީ ތައުލީމުގެ ލޯނުގެ ތެރެއިން އެންމެ ގިނަ ބަޔަކު ލޯނަށް އެދުނީ ބޭނުން ދާއިރާއަކުން ވަކި ގައުމުތަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތަށެވެ. އެ ދާއިރާއިން 332 މީހުން ލޯނަށް އެދުނު އިރު ލޯނު ހަމަޖެހުނީ 30 މީހަކަށެވެ.

މި އަހަރުގެ މަތީ ތައުލީމުގެ ލޯނަށް ޖުމްލަ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އެ ލޯނުގެ ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ކިޔަވައި ނިންމާތާ ހަ މަސް ފަހުންނެވެ. އެ ލޯނުގެ އިންޓަރެސްޓް ރޭޓް މިހާރު ތިން އިންސައްތައަށް ކުޑަކޮށްފައިވާއިރު، ލޯނުތައް އަނބުރާ ދެއްކުމަށް ލޯނުގެ އަދަދަށް ބަލައި 20 އަހަރާ ހަމައަށް މުއްދަތެއް ލިބޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް