Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިލްސް ކޮލެޖު

އައިލްސް ކޮލެޖުގެ ފުރަތަމަ މާސްޓާސް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކޯހަށް އެޕްލައި ކުރުމުގެ ފަހު ތާރީހަކީ ޖޫން 30

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 ޖޫން 2019 | ހޮނިހިރު 10:57
އައިލްސް ކޮލެޖުގެ ފުރަތަމަ މާސްޓާސް ޕްރޮގްރާމް

އައިލްސް ކޮލެޖުގެ ފުރަތަމަ މާސްޓާސް ޕްރޮގްރާމް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮލެޖެއް ކަމަށްވާ އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް (އައިލްސް) ފުރަތަމަ މާސްޓާސް ޕަރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ލޯއެންފޯސްމެންޓް ނުވަތަ ސެކިއުރީޓީ ދާއިރާ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިން އެންޑް ސެކިއުރިޓީ) މި ކޯސް ކުރިއަށް ގެންދަނީ އޮސްޓްރޭލިއާގެ ޗާލްސްޓަޓް ޔުނިވާސިޓީ އާއި އެފިލިއޭޓް ވެގެން ކަމަށާއި މިކޯހަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ޖޫން މަހުގެ 30ގެ ނިޔަލަށެވެ.

މި ކޯހުގައި މުޅިން ވެސް ކިޔަވައިދޭނީ އޮސްޓްރޭލިއާގެ ބޭފުޅުން ކަމަށެވެ.

ކޯހުގެ މޮޑިއުލްތަކަކީ ލޯއެންފޯސްމެންޓް ނުވަތަ ސެކިއުރީޓީ ދާއިރާއަށް އެންމެ އެކަށީގެންވާ މޮޑިއުލްތަކެއް ކަމަށާއި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް މީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އައިލްސް ކޮލެޖުން ބުންޏެވެ.

ކޯސް ކުރިއަށްދާނީ އަހަރަކު ތިން ސެމިސްޓައަށް ކަމަށާއި ކޮންމެ ސެމިސްޓައެއްވެސް ކުރިއަށްދާނީ ސަރުކާރުގެ ރަސްމީގަޑި ފިޔަވާ ކޮންމެ ދުވަހެއްގެ ވެސް 4:00 ގެ ފަހުންނެވެ. އެއީ ވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އައިލްސްއިން މައުލޫމާތިދިނެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުން 60 ފަރާތަތަކަށް ޖާގަ ދެވޭނެއެވެ. ކޯހަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލް ކޮށްފައިވުމާއި، ގުޅޭ ދާއިރާއަކުން ޕޯސްޓް ގުރެޖުއޭޓް ލެވެލް އަށެއްގެ ސެޓްފިކެޓެއް އޮތުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް އޮވެފައި މި ދާއިރާގައި ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ތަޖުރިބާ ހުރުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސީއެސްޔޫއަކީ ދުނިޔޭގެ ރޭންކިންގައި 21 ވަނައިގައި އުޅޭ ޔުނިވަސިޓީއެއް ކަމަށްވާ އިރު ލޯއެންފޯސްމެންޓް ނުވަތަ ސެކިއުރީޓީ ދާއިރާގައި މި ޔުނިވާސިޓީ ރޭންކް ކުރެވިފައިވަނީ ދުނިޔޭގެ އެއް ވަނަ ޔުނިވާސިޓީގެ ގޮތުގައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ސީއެސްޔޫގެ ޕްރޮގްރާމްތައް ހިންގާކަން ފާހަގަ ކޮށްލެވެއެވެ.

މިކޯހަކީ ރާއްޖޭގައި މުޅިން އަލަށް ހިންގަން ތައްޔާރުވަމުންދާ ކޯހަކަށްވެފައި، މުއްދަތު އިތުރުކުރަން ނިންމީ އިތުރު ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް އައިލްސް ކޮލެޖުން ބުންޏެވެ.

މި ޕްރޮގްރާމަކީ ގައުމުގައި މައިންބަފައިންގެ ގާތުގައި ތިބެގެން ވަޒީފާއަށް ވެސް ދަމުން ހެދިދާނެ ކޯހެއް ކަމަށް ވެސް އައިލްސް އިން މައުލޫމާތު ދެއެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު