Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝައުރީ ދާއިރާ

ބަޔާން ނެރުމަކުން ގެއްލިފައިވާ އިތުބާރު އިޔާދައެއް ނުވާނެ!

ފަނޑިޔާރުންނާ މެދު ކުރެވޭ ތުހުމަތުތައް ގިނަ

ރާއްޖެ އެމްވީ | 4 ޖޫން 2019 | އަންގާރަ 16:58
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ރާއްޖޭގެ ފަނޑިޔާރު ގެތަކާއި ފަނޑިޔާރުންނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިގެން އުޅެނީ އިއްޔެއަކު މިއަދަކު ނޫނެވެ. މާޒީގެ އެތައް ހިސާބަކަށް އެކަން ގޮސް ގުޅެއެވެ. އެންމެ ކުރީ ޒަމާނުއްސުރެ މޮޅު މީހާ އަށް މޮޅު ގޮތް ނިންމުން އެއީ ދިވެހިންގެ ސަގާފީ ކަމެކޭ ވެސް ބުނެވިދާނެއެވެ. ހާއްސަކޮށް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، އަދި ވަކިން ހާއްސަކޮށް ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރެގައި ފަނޑިޔާރު ގެތަކުން ނެރުނު ހުކުމްތަކާއި ފަނަޑިޔާރުންގެ އަމަލުތައް ހުރި ގޮތުން އެ ތަންތަނާއި އެ ފަނޑިޔާރުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ރާއްޖޭގެ ކޯޓުތަކުން އިންސާފުވެރި ހުކުމެއް ލިބިދާނެ ކަމާ މެދު އުންމީދުކުރާނީ މަދު މީހެކެވެ.

ކޯޓުތަކާއި ފަނޑިޔާރުންގެ ގެއްލިފައިވާ އަބުރާއި އިއްޒަތާއި، ރައްޔިތުން ކުރާ އިތުބާރު ހޯދަންޖެހެއެވެ. ނަމަވެސް އެކަންކުރަން ކޮރަޕްޓްވެފައިވާ ފަނޑިޔާރު ގެތަކާއި ކޮރަޕްޓްވެފައިވާ ފަނޑިޔާރުން މަގު ޗާޓެއް ހަދައިގެން މަސައްކަތް ފެށިޔަސް ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެއެވެ. އެކަންކުރަންޖެހެނީ ފަނޑިޔާރުންގެ އަމަލުތައް ދުރުގައި ބަލަންތިބޭ ފަރާތްތަކުންނެވެ. ފަނޑިޔާރުގެތައް ދޮވެ ސާފުކުރަންޖެހޭނީ ކަމާ ބެހޭ މާހިރުންގެ އެހީތެރިކަމާ އެކުއެވެ. ނަޒާހަތްތެރި ގޮތަކަށެވެ. ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރާ މަސައްކަތް މިހާރު އެ ވަނީ ފެށިފައެވެ. ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި ދެކުނު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ވަނީ އައްޔަންކުރައްވާފައެވެ.

ނަމަވެސް އެ މަސައްކަތާ ވެސް ނުރުހުންވާ ބަޔަކު އެބަ ތިއްބެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ކްރީގްލަރ ބައްދަލުކުރެއްވި ހިސާބުން މައްސަލަ ވަނީ ވަރަށް ގޯސްވެފައެވެ. ސުޕްރީމް ކޯޓުން ވަނީ ވަރުގަދަ ބަޔާނެއް ނެރެފައެވެ. އެ ބައްދަލުވުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެ ދިރާސާ ކުރެއްވުމަށްޓަކައި އައްޔަންކުރެއްވި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ 29 މެއި 2019 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި، ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު ޙިއްޞާކުރެވުނު ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. ފަނޑިޔާރުންގެ ޝަކުވާތައް ވެސް އެ ބައްދަލުވުމުގައި ހިއްސާކުރެއްވި ކަމަށް ބަޔާނުގައި ވެއެވެ.

ނަމަވެސް އެ ބަޔާނުގައި ސުޕްރީމް ކޯޓުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައި ވަނީ ފަނޑިޔާރުންނަށް ކްރީގްލަރ އިންޒާރު ދެއްވި ކަމަށް ބުނެއެވެ. ފަނޑިޔާރުންގެ ކަންބޮޑުވުންތައް އަޑުއެހުމުގެ ބަދަލުގައި ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވިކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެއީ އެކަން ހިނގާފައިވާ ގޮތް ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ކޮންމެ ތަނެއްގެ މާހިރެއް ކަމަށް ވިޔަސް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް އެފަދަ އިންޒާރެއް ދެވިގެން ނުވާނެއެވެ. ނަމަވެސް ސުވާލަކީ ހަގީގަތުގައި ވެސް ކްރީގްލަރ އިންޒާރު ދެއްވިބާއެވެ؟ މި ކަމުގައި ރައްޔިތުން އިތުބާރުކުރާނީ ސުޕްރީމް ކޯޓަށް ހެއްޔެވެ؟ ނުވަތަ ކްރީގްލަރ އަށް ހެއްޔެވެ؟

މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފަނޑިޔާރުން ދައްކަވާ ވާހަކަތަކަށް އިތުބާރުކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ އެ ބޭފުޅުންގެ ފަސްބައިގައި "ހަޑިތައް" ގިނަ ވުމެވެ. "ހަކުރު ދެންޏާ ބޮޑުބޭބެ" އުސޫލުން ހުކުމްތައް ނެރެފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ. ފަނަޑިޔާރުންނާއި ފަންޑިޔާރުންގެ އާއިލާގެ ބޭފުޅުންގެ އެކައުންޓްތަކަށް މިލިއަން ފައިސާ ވަދެފައިވާ ކަމަށް އަބަދާ އަބަދުމެ ތުހުމަތުކުރެވޭތީއެވެ.

ފަނޑިޔާރުން ވެސް އިސްލާހުވާން ބޭނުން ނަމަ ނުވަތަ ފަނޑިޔާރު ގެތައް އިސްލާހުކުރަން ބޭނުން ނަމަ އިހްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ޝަރުއީ ދާއިރާ އަށް އިތުބާރު ހޯދެން އޮތީ ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސްގެންނެވެ. ކޮރަޕްޓްވެފައިވާ ފަނޑިޔާރުން މަގާމުތަކުން ދުރުކޮށްގެންނެވެ. ކަމެއް ދިމާވާ ކޮންމެ ފަހަރަކު ބަޔާނެއް ނެރުމަކުން ގެއްލިފައިވާ އިތުބާރު އިޔާދައެއް ނުކުރެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަރުނެއް ވަންދެން ގެއްލިފައިވާ މާމެންދޫ އާއިލާއެއްގެ ވާހަކަ!

ގަރުނެއް ވަންދެން ގެއްލިފައިވާ މާމެންދޫ އާއިލާއެއްގެ ވާހަކަ!

23 ޑިސެމްބަރު 2018
އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!

21 ޖޫން 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018
މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު