މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފި
3 ޖޫން 2019 | ހޯމަ 19:19ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމީ މޫސުން ގޯސްވުމުން

އަމްނާ އިމާދު | 3 ޖޫން 2019 | ހޯމަ 19:19

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ
މޫސުން ގޯވުމާއި ގުޅިގެން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިތްރު އީދު ނަމާދު ކުރުން ނޯންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިތްރުއީދު ނަމާދުކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަމުންދާތާ ހަތް އަހަރުވެފައެވެ. އަދި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ މާފަންނު ޓާފް ދަނޑުގައެވެ.







