Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ ފެހެންދޫގައި ފެރީ ހަމަޖެއްސުން

ބ ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީން ހަމަޖައްސަނީ

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް 106 މިލިއަން ދިވެހި ރުފިޔާ ދެއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖޫން 2019 | ހޯމަ 07:28
ބ ފެހެންދޫ

ބ ފެހެންދޫ

ބ އަތޮޅު ފެހެންދޫގެ ދަރިވަރުން އެ އަތޮޅު ގޮއިދޫ ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީއެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ހަމަޖައްސަވައިފިއެވެ.

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ސަރުކާރުން އެ ޕްރޮޖެކްޓަށް ކަނޑައަޅުއްވާފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ފެހެންދޫ ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ، އެރަށު ސުކޫލު ދަރިވަރުން މިހާރު ކިޔަވަމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

Advertisement - newsAdvertisement

ފަޒީލް ވިދާޅުވީ، ފެހެންދޫ ސުކޫލު ދަރިވަރުން އެ އަތޮޅު ގޮއިދޫ ސުކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަނީ މަތި ހިޔާކޮށްފައި އޮންނަ 18 ފޫޓުގެ ޑިންގީއެއް ކަމަށާއި، ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 3 ދަތުރު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ފަތިހު 6:00 ހާއިރު ސުކޫލަށް ދިއުމަށް ފުރަތަމަ ދަތުރުކުރާއިރު، އިންޓަރވަލް ގަޑީގައި ކޮންމެ ދުވަހަކުވެސް ބެލެނިވެރިން ޑިންގީގައި އިންޓަރވަލް ހިފައިގެންދާ ކަމަށް ފަޒީލް ވިދާޅުވިއެވެ. އޭގެ އިތުރުން ، ސުކޫލު ނިންމުމަށްފަހު ވެސް ޑިންގީގައި ފެހެންދޫއަށްދާއިރު، ހުޅަނގު މޫސުމުގައި ވިއްސާރަވެ ވައިގަދަވެއްޖެނަމަ ދަތުރު ނުކުރެވި ތިބެންޖެހޭ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

ފެހެންދޫ ސުކޫލުގައި ގާތްގަނޑަކަށް 26 ކުދިން ކިޔަވާއިރު، ރައްކާތެރިކަމާއެކު ސުކޫލަށް ދިއުމަށް ބޭނުންވާނެ އެކަށީގެންވާ ފެރީގެ ނިޒާމެއް ބޭނުންވާ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.

ކުރީގައި ފެހެންދޫގެ ސްކޫލްގައި ކިޔަވައިދިން ނަމަވެސް ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން އެ ސުކޫލު 2008 ގައި ވަނީ ބަންދުކޮށްފައެވެ. އެގޮތުން އާބާދީގައި 300 އެއްހާ މީހުން ހިމެނޭ އެ ރަށުގައި މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މިހިލޭ އެހީއަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ދިން އެހީއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު