Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ޝާހިދު

ޝާހިދު ޖަރުމަންވިލާތަށް ފުރާވަޑައިގެންފި

ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާނެ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 3 ޖޫން 2019 | ހޯމަ 07:11
ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސް ގައި ޝާހިދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވޭ

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސް ގައި ޝާހިދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވޭ

ޖަރުމަނުވިލާތުގެ ބަރލިން ގައި އަންގާރަ ދުވަހު ބާއްވާ ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސާ, ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ޖަރުމަންވިލާތަށް ފުރާވަޑައިގެންފިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސަކީ ގައުމުތަކުގެ ސަރުކާރުގެ އިސްވެރިންނާ، އަމިއްލަ ޖަމްއިއްޔާ އަދި ޖަމައަތްތަކުން އެންމެން އެއްމޭޒު ދަށުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ ސުލްހަ މަސްލަސްކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވަ ކޮންފަރެންސްއެކެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާ ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގް އަކީ އޭޝިއާ ބައްރުގެ ގައުމުތަކާއި ޖަރުމަނުވިލާތާ އިގްތިސާދީ ގޮތުން ހުޅުވާލުމުގެ ގޮތުން ބާއްވާ ޑައިލޮގްއެކެވެ. މި ފަހަރުގެ ސަމިޓްގައި މައިގަނޑު އަލިއަޅުވާލަން ހަމަޖެހިފައިވަނީ ޒަމާނީ ޓެކްނޮލޮޖީއާ ސްމާޓް ސިޓީއާ ބެހޭ ގޮތުންނެވެ.

ޝާހިދު ޖަރުމަނަށް ވަޑައިގެންފައިވާއިރު އޭޕްރީލް މަހު އޭނާ ވަނީ ޖަރުމަނަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ ބަރލިންގައި ކުރިއަށް ދިޔަ ހަކަތައާ ބެހޭ ކޮންފަރަންސެއް ކަމަށްވާ 'ފިފްތް ބަރލިން އެނާރޖީ ޓްރާންސިޝަން ޑަޔޮލޮގް 2019' ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ޝާހިދު ވަނީ ފެޑެރަލް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ހެއިކޯ މާސް އާ ބައްދަލު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
26 ފެބުރުއަރީ 2017

ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

26 ފެބުރުއަރީ 2017
ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު