Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަށިވިއްކުން

އަންހެނަކު ލައްވާ ހަށިވިއްކަން އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި

31 މެއި 2019 | ހުކުރު 18:30

މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓް ވިސާއެއްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 މެއި 2019 | ހުކުރު 18:30
ފުލުހުންގެ އިދާރާ

ފުލުހުންގެ އިދާރާ

މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު ލައްވާ ހަށިވިއްކަން އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު މައްޗަންގޮޅި ގެއެއްގައި ހަށިވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެގެ ބަލާ ފާސްކުރެވިފައި ވާކަމަށެވެ. އަދި އެގެއިން ހަށިވިއްކުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރު ކުރެވިފައިވާ ކަމަށާއި ވިއްކާކަމަށް ތުހުމަތު ކުރެވުނު އަންހެންމީހާ އަކީވެސް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ފުލުހުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވަނީ އަންހެންމީހާ ލައްވާ ހަށިވިއްކަނީ އޭނާގެ ފިރިމީހާ ކަމަށާއި އަދި އޭނާގެ ފިރިމީހާ ކޮށްފައި ހުރި ކަމަށް ބެލެވޭ އަނިޔާތަކުގެ ނިޝާންތައްވެސް އޭނާގެ ހަށިގަނޑުގައި ހުރިކަމަށް އަދި އަންހެން މީހާގެ ޕާސްޕޯޓް އޭނާ ހިފައިގެން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މައްސަލައިގައި އަންހެން މީހާއަށް ސޭފް ހައުސް ހަމަޖެހިފައިވަނީ 23 މެއި 2019 ވަނަ ދުވަހު ކަމަށާއި އަދި އެދުވަހު އޭނާ ސޭފް ހައުސްއަށް ބަދަލުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސޭޕް ހައުސް ހަމަޖެހެންދެން އެ އަންހެންމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ އަންހެން މީހާގެ ފިރިމީހާގެ މައުލޫމާތު ފުލުހުންވަނީ އިމިގްރޭޝަންއާއި ހިއްސާކޮށްފައި ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް 25 މެއި 2019 ވަނަ ދުވަހު 22:00 ހާއިރު އިމުގްރޭޝަނުން ވަނީ އެ އަންހެން މީހާގެ ފިރިމީހާ، އަންހެން މީހާގެ ޕާސްޕޯޓް ހިފައިގެން ފުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައި އެ ސާރވިސްއަށް މައުލޫމާތު ދީފައި ކަމަށެވެ. އަދި އެފިރިހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ފުލުހުން ބުންޏެވެ.

މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓް ވިސާއެއްގެ ދަށުން 15 މެއި 2019 ވަނަ ދުވަހު އެވެ.

ފުލުހުން ދަނީ މި މައްސަލަ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކްރމިނަލް ކޯޓުން ވަނީ އެ އަންހެން މީހާގެ ފިރިމީހާއަށް ހަތް ދުވަހުގެ މުއްދަތު ދީފައި ކަމަށާއި އަދި އަނެއް ތިން ފިރިހެނުންނަށް 15 ދުވަހުގެ މުއްދަތު ދީފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް