Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންމަ - ފައިސަލް

އިންމަ ޓީސީއަށް ސޮއިކުރިއިރު، ފައިސަލް ދަ ގްރާންޑޭއަށް ސޮއިކޮށްފި

30 މެއި 2019 | ބުރާސްފަތި 07:37

އިންމަ ޓީސީއަށް ސޮއިކުރީ ކިރަންގެ ބަދަލުގައި

ލީވާން އަލީ
ލީވާން އަލީ | 30 މެއި 2019 | ބުރާސްފަތި 07:37
ފައިސަލް (ކ) އަދި އިންމަ (ވ)

ފައިސަލް (ކ) އަދި އިންމަ (ވ)

ގައުމީ ޓީމުގެ ގޯލު ކުރިން ބެލެހެއްޓި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު (އިންމަ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކުރިއިރު، ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަނުގެ ވަކި ހިސާބަކަށް ނިއުރޭޑިއަންޓް ސްޕޓޯސް ކްލަބަށް ކުޅުނު އިންމަ ޓީސީއަށް ގެނައީ އެ ކްލަބަށް މި ސީޒަނުގައި ކުޅެން ނިންމި ނޭޕާލް ކީޕަރ ކިރަންގެ ބަދަލުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކިރަން ނުގެންނަން ޓީސީން ނިންމީ ކްލަބުން ބޭނުންވި ތާރީހުގައި އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާތީ އަދި ނެޕާލް ގައުމީ ޓީމުގެ އެކުވެރިކަމުގެ މެޗުތަކަކަށް ދިޔުމަށް އަމިއްލައަށް އެދިފައިވާތީއެވެ.

އިންމަ ޓީސީއަށް ސޮއިކޮށްފައިވާއިރު، މިއީ އުމުރުން 37 އަހަރުގެ އިންމަ ކުޅޭނެ ހަވަނަ ކްލަބެވެ. އޭނާ ވަނީ މީގެކުރިން ކްލަބް އީގަލްސް، ނިއު، ވިކްޓްރީ ސްޕޯޓްސް ކްލަބް، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ގޯލު ބަލަހައްޓާފައެވެ.

މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ ކީޕަރު ފައިސަލް ދަ ގްރާންޑޭއަށް ސޮއިކުރީ ބައެއް ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު އެވެ.

މީގެކުރިން އޯލްޔޫތުލިންކޭޖް، ވިކްޓްރީ، ވެލެންސިއާ އަދި އީގަލްސްއަށް ވެސް ކުޅެފައިވާ ފައިސަލް މިދިޔަ ދެ ސީޒަނުގައި ވެސް ކުޅެފައިވަނީ ނިއުއަށެވެ. އޭނާ ނިއުއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައި ވެލެންސިއާއަށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުމުން، އެ ކްލަބް ދޫކޮށްލުމަށްފަހުއެވެ.

ރާއްޖޭގެ ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ހަދަން ނިންމައި މިދިޔަ އަހަރު އޮކްޓޫބަރު މަހު އެކަން އިއުލާނުކޮށްފަ އެވެ. އެގޮތުން މި ސީޒަން ވެގެންދާނީ ބިދޭސީ ގޯލްކީޕަރުން ހިމަނައިގެން ކުޅެވޭނެ ފަހު އަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

01 ނޮވެމްބަރު 2017
ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ
26 އޮކްޓޯބަރު 2017

ކުޑަހުވަދޫ އަތުން ޓީސީއަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2017
ކުޑަހުވަދޫ އަތުން ޓީސީއަށް ބޮޑު މޮޅެއް
13 އޮކްޓޯބަރު 2017

ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

13 އޮކްޓޯބަރު 2017
ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
19 ޖުލައި 2017

މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި

19 ޖުލައި 2017
މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި
19 ޖުލައި 2017

ޕްރިމިއާ ލީގުގެ ފަހު ޖާގަ ޓީސީއަށް

19 ޖުލައި 2017
ޕްރިމިއާ ލީގުގެ ފަހު ޖާގަ ޓީސީއަށް
09 ޖުލައި 2017

ޓީސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވެއްޖެ

09 ޖުލައި 2017
ޓީސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވެއްޖެ
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް