Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ޓީސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވެއްޖެ

9 ޖުލައި 2017 | އާދީއްތަ 18:33

ޓީސީއަށް ފުރުސަތު ހަނިވީ އީގަލްސް އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުމުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 9 ޖުލައި 2017 | އާދީއްތަ 18:33
ޓީސީގެ ކޯޗް ނިޒާމްބެ

ޓީސީގެ ކޯޗް ނިޒާމްބެ

އެސްޓީއޯ މާލެ ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ޓީސީއަށް ފުރުސަތު ހަނިވެއްޖެއެވެ.

ޓިސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވީ އާދީއްތަ ދުވަހުގެ ރޭ ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުނު މެޗް އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުމުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ދެޓީމުންވެސް ދިޔައީ ފުރުސަތުތަށް ތަނަވަސްކޮށް ގޯލެއް ކާމިޔާބުކުރަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ޓިސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ ބޯޅަ ހިފަހައްޓައި ރީތި ގޭމެއް ކުޅުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޓިސީއިން ފޯމުގައި ކުޅެމުންދިޔަ ދަނޑިވަޅުގައިވެސް އީގަލްސްއިން ދިޔައީ ކައުންޓާ އެޓޭކްތަކުގައި ޓީސީގެ ގޯލަށް ނުރައްކާކުރަމުންނެވެ.

ޓީސީއިން ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅެމުންދިޔަ މި މެޗުގެ ފަހު 10 މިނެޓުގައި އެޓީމުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އީގަލްސްގެ ހުޝިޔާރު ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ. އެގޮތުން އޭނާ ވަނީ ޓީސީ އިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މެޗު އެއްވަރުވުމުން ޓިސީއަށް ވަނީ ގަދަ ހަތަރަކަށް ވަނުމުގެ އަމިއްލަ ބާރު ކެނޑިފައެވެ. ލީގުގައި ކޮންމެ ޓީމަކުންވެސް 12 މެޗު މިހާތަނަށް ކުޅެފައި ވާއިރު، ބާކީ ކޮންމެ ޓީމަކަށްވެސް ދެން އޮންނާނީ 2 މެޗެވެ. އެގޮތުން ޓިސީ މިހާތަނަށް ކުޅުނު 12 މެޗުން އެޓީމަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އެޓިމު އޮތީ ތާވަލުގެ 6 ވަނަ މަގާމުގައެވެ. އެޓީމާއި އެންމެ ވާދަވެރި ވިކްޓްރީ އޮތީ ކުޅުނު 12 މެޗުން 19 ޕޮއިންޓް ހޯދައިގެން 5 ވަނާގައެވެ. 4 ވަނާގައި އޮތީ ކުޅުނު 12 މެޗުން 21 ޕޮއިންޓް ހޯދައިގެން އީގަލްސް އެވެ. އީގަލްސް އާއި 3 ވަނާގައި އޮތް ގްރީން ސްޓްރީޓާއި އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް