މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެމްބަރު އީވާ
28 މެއި 2019 | އަންގާރަ 19:36ނައިބް ރައީސްއަށް އިތުރު މެމްބަރެއްގެ ނަންފުޅެއް ހުށަހަޅުއްވާފައެއް ނުވޭ

އަމްނާ އިމާދު | 28 މެއި 2019 | އަންގާރަ 19:36

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އިންތިޚާބު ކޮށްފިއެވެ.
އީވާ މަޖިލިސްގެ ނައިބް ރައީސް ކަމަށް އިންތިޚާބު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 76 މެންބަރުންނެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އަދި ތާއީދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.
މަޖިލީހުގެ ނައިބް ރައީސްއަށް އިތުރު މެމްބަރެއްގެ ނަންފުޅެއް ހުށަހަޅުއްވާފައެއް ނުވެއެވެ.
އީވާ ވަނީ މަޖިލިސްގައި ދެ ދައުރު ފުރިހަމަ ކޮށްފައެވެ. އަދި އީވާއަކީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވުނު 2 ވަނަ އަންހެން ކަމަނާއެވެ.








