Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ހިޔާލު އެއްގޮތް ނުކުރެވުމަކީ ލީޑަރޝިޕްގެ ބޮޑު ފެއިލްވުމެއް!

މަޖިލީހުގެ ރައީސް ހޮވުމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު މަޝްވަރާ ނުކުރައްވާ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 27 މެއި 2019 | ހޯމަ 11:32
19 ވަނަ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބުމުން އުފާ ފާޅުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

19 ވަނަ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބުމުން އުފާ ފާޅުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ނަޒާހަތްތެރި މަޖިލީހެއް ހޯދުމަށްޓަކައި 19 ވަނަ މަޖިލީހުގެ ސްޕަރ މެޖޯރިޓީ، ވެރިކަންކުރާ އެމްޑީޕީއަށް ރައްޔިތުން ދީފައިވާއިރު، މަޖިލީހުގެ ރައީސް ކަނޑައެޅުމުގައި ޕާޓީތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ގޯހުން ގޯހަށް ވަނީ ގޮސްފަ އެވެ.

އާ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމްޑީޕީގެ ފަސް ބޭފުޅެއްގެ ޝައުގުވެރިކަން ހުރިއިރު، އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމަށެވެ. ނަމަވެސް، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފަށެވެ.

އަފީފާއި އަސްލަމްގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ.

މަޖިލީހުގެ ރައީސް ހޮވުމުގައި ޕާޓީގެ އެންމެ މަތީ ފަށަލައިން އުފެދުނު ހިޔާލު ތަފާތުވުން، މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހާއި އަދި އާންމު މެމްބަރުންގެ މެދުގައި ވެސް އެބަ އޮތެވެ. ރައީސް ނަޝީދުގެ ހާޑްކޯ ސަޕޯޓަރުން ފާޅުގައި އަސްލަމަށް ތާއީދު ކުރައްވަމުން ގެންދަވާއިރު، ރައީސް ސޯލިހްގެ ބަސް ގަބޫލްކުރެއްވި ބޭފުޅުންނާއި ސަޕޯޓަރުން ގެންދަވަނީ އަފީފަށް ތާއީދު ކުރައްވަމުންނެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ތެރޭގައި އުފެދިފައިވާ މި ހިޔާލު ތަފާތުވުމަކީ ޕާޓީގެ މުއްސަނދިކަން ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ދިޔަ ނަމަވެސް، ފާޅުކުރައްވަމުން ގެންދަވާ ބައެއް ހިޔާލުފުތަކާއި ދައްކަވަމުންދާ ބައެއް ވާހަކަތައް ހުރީ ވަރަށް ދަށު ދަރަޖައެއްގަ އެވެ. އެއްބަޔަކު އަނެއް ބަޔަކު، "އޮރިޔާންކޮށް"، ހިތުހުރި އެއްޗެއް ގޮވަމުން އެބަ އެވެ.

މައްސަލައަކީ ދެ ރައީސުން މަޝްވަރާ ނުކުރެއްވުން

މައްސަލައަކަށް ވެގެން މި އުޅެނީ އަފީފެއް، އަސްލަމެއް ނޫނެވެ. މައްސަލައަކަށް ވެފައި ވަނީ ދެ ރައީސުން މަޝްވަރާާ ނުކުރެއްވުމެވެ. އަސްލަމްއަށް ތާއިދުކުރައްވާކަން ނަޝީދު ހާމަކުރެއްވިއިރު، ރައީސް ސޯލިހް އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވާފައެއް ނެތެވެ. އެހެންވެ، މަޖިލީހުގެ މެމްބަރުން އެދިވަޑައިގަންނަމުން ގެންދެވީ ރައީސް ސޯލިހްގެ ވިސްނުން ފުޅަކަށެވެ.

ރައީސް ސޯލިހްގެ ވިސްނުންފުޅުގައި މަޖިލީހުގެ ރައީސަކަށް އެންމެ ރަނގަޅީ އަފީފު ކަމަށް ވިދާޅުވެފައިވާއިރު، އަސްލަމް ވެސް ވިދާޅުވަނީ ރައީސް ސޯލިހްގެ ފުރިހަމަ އިތުބާރު އޭނާ އަށް އެބަ އޮތް ކަމަށެވެ. މި މައްސަލައިގައި "ބަނދެވިފައިވަނީ" މަޖިލީހުގެ މެމްބަރުންނެވެ. މިކަމަށް ހައްލެއް ހޯއްދެވުމަށް ބައެއް މެމްބަރުން ވެސް ދެ ރައީސުންގެ އަރިހުގައި ވެސް އެދިވަޑައިގަންނަވަމުން ދިޔައެވެ. ނަމަވެސް ހައްލެއް ނުހޯއްދެވުނެވެ.

އެމްޑީޕީގެ ބިޔަ ޕާލިމެންޓްރީ ގްރޫޕްގެ މިރޭ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްއަކަށް ހުށަހަޅާނެ ބޭފުޅަކު ކަނޑައަޅާއިރު، ހިޔާލު އެއްގޮތް ކުރުމަށް ދެން ވަގުތެއް ނެތެވެ. މި ހިސާބަށް ދިޔައީ ރައީސް ނަޝީދު ވެސް، އަދި ރައީސް ސޯލިހް ވެސް މަޝްވަރާ އިސް ނުކުރެއްވުމުންނެވެ. ދެ ބޭފުޅުން ވެސް، މަޝްވަރާ އިސް ކުރައްވާނީ ކޮންބޭފުޅަކުތޯ ބައްލަވަން ހުންނެވުމުންނެވެ.

ޕާލިމެންޓްރީ ގްރޫޕުން ހޮވޭނީ ކާކު؟

އުފެދުނު ވާދަވެރިކަމުގައި ދާއިރާގެ ތަރައްގީ އާއި މަޖިލީހުގެ ރައީސްގެ ވޯޓާ ވެސް ގުޅުވައިފި އެވެ. ބައެއް މެމްބަރުންނަށް ގަބޫލް ކުރެއްވިފައިވާ ގޮތުގައި އަސްލަމަށް ތާއިދު ކުރެއްވުމަކީ ދާއިރާގެ ތަރައްގީ ހުއްޓިގެން މަޑުޖެހިގެން ގޮސްދާނެ ކަމެކެވެ. މިކަމާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ހިތްހަމަ ނުޖެހުން ވެސް އެބަ ހުއްޓެވެ.

އެއްވެސް ބަޔަކު މާބޮޑަށް ދައްކަން ބޭނުންނުވާ އެހެން ވާހަކައެއް ވެސް އެބަ އޮތެވެ. ސަރުކާރުގައި ތިއްބެވި ބައެއް ފަރާތްތަކުން ގަބޫލް ކުރައްވާ ގޮތުގައި ޖަވާބުދާރީ ކުރުވުމަށް ވުރެ ބޮޑަށް ސަރުކާރު "ހިންގާނީ" މަޖިލީހުގެ ތެރެއިން ކަމަށް ހެދުމަށް އެމްޑީޕީގެ ބައެއް ފަރާތްތަކުގެ ވިސްނުންފުޅު އެބަ ހުއްޓެވެ. އެކަމާ އެ ބޭފުޅުން ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ބައިބައިވުން ބޮޑުވެގެން ދިޔައީ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންގެ ސަބަބުންނެވެ.

މި ހިސާބަށް ދިޔައީ ވެސް ދެ ރައީސުން މައްސަލަ ހައްލުކުރަން މަޝްވަރާ ނުކުރެއްވުމުންނެވެ. ހަގީގަތުގައި ވެސް މިއީ ލީޑަރޝިޕްގެ ވަރަށް ބޮޑު ފެއިލްވުމެކެވެ. ދެން އޮތީ މިރޭގެ ވޯޓެވެ. ވޯޓްގެ ނަތީޖާއަށް ގިނަ ބަޔަކު އިންތިޒާރުކުރާއިރު، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ޕާޓީގެ މަސްލަހަތު އިސްކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނޫނީ ނަޒާހަތްތެރި މަޖިލީހެއް ވެސް ނުލިބޭނެ އެވެ. ރައްޔިތުންގެ އުއްމީދު ވެސް ހާސިލެއް ނުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު