Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - ރައްޔިތުންގެ މަޖިލިސް 2019

އާ މަޖިލީހަށް ޚާއްސަކޮށްގެން ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި

އޮރިއެންޓޭޝަން ޕްރޮގްރާމަކީ މަޖިލީހުގެ ކަންކަމަށް މެމްބަރުން އަހުލުވެރި ކުރުމަށް ބާއްވާ ޕްރޮގްރާމެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 މެއި 2019 | އާދީއްތަ 19:05
މެމްބަރުންނަށް ވަނީ ޗެމްބަރު ދައްކާލާ، ވޯޓް ސިސްޓަމް ދައްކާލާފައި

މެމްބަރުންނަށް ވަނީ ޗެމްބަރު ދައްކާލާ، ވޯޓް ސިސްޓަމް ދައްކާލާފައި

19 ވަނަ މަޖިލީހަށް އިންތިހާބުވެ ހުވާ ކުރައްވާ މެމްބަރުންނަށް ޚާއްސަކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.

އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައިވަނީ އާދީއްތަދުވަހުގެ ރޭ 9:00 ގައެވެ.

މަޖިލިސް މެމްބަރުންނަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމަކީ ކޮންމެ ފަސް އަހަރުން އާ މަޖިލީހެއް އިންތިޚާބު ކުރެވޭއިރު، މަޖިލީހުގެ ކަންތައްތަކަށް މެމްބަރުން އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ.

މެމްބަރުން އަހުލުވެރިކުރުމަށް ކުރިއަށް ގެންދިޔަ އޮރިއެންޓޭޝަން ޕްރޮގްރާމްގައި ވަނީ މެމްބަރުންނަށް ޗެމްބަރު ދައްކާލާ ވޯޓް ސިސްޓަމާއި، މައިކް ސިސްޓަމަށް މެމްބަރުން އަހުލުވެރިކުރުވާފައެވެ. އޮރިއެންޓޭޝަން ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، މަޖިލިސް ފެށުމުގެ ކުރިން މެމްބަރުން ބޭނުންވާ މުހިއްމު މައުލޫމާތު މެމްބަރުންނާއި ހިއްސާ ކުރުމެވެ.

18ވަނަ މަޖިލީހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައި ވަނީ 25 މެއި 2014 ގައެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ޕްރޮގްރާމްގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެމްބަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ ތެރޭގައި ވަނީ 18 ވަނަ މަޖިލީހާ ބެހޭ ފޮތެއް ނެރެފައެވެ. މި ފޮތުގައި ވަނީ 18 ވަނަ މަޖިލީހުން ނިންމާފައިވާ މަސައްކަތްތަކާއި، ނުނިމި ހުރި މަސައްކަތްތައް ހިމަނާފައެވެ. މީގެ އިތުރުން މަޖިލިސްގެ އާ ވެބްސައިޓް ފީޗާރސްތައްވެސް ވަނީ ދައްކާލާފައެވެ.

އާ މަޖިލިސް ހުވާކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 9:30 ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

18 ވަނަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އާ މަޖިލިސް ހުވާ ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގިނަ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޮޑު ހޭދައެއް ކޮށްގެން މަޖިލީހުގެ ކޮންފަރެންސް ސިސްޓަމާއި އެނޫން ވެސް ބައެއް ކަންކަން ވަނީ ބަދަލުކޮށްފައެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ އާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު