Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ވައިކަރަދޫ ފެނުގެ ދަތިކަން

ވައިކަރަދޫއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް މިއަދު ހައްލެއް ލިބޭނެ: ފެނަކަ

14 ދުވަހުގެ ސްޓޮކް ހުއްޓައި ރިކުއެސްޓް ކުރަން ޖެހޭ: ފެނަކަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2019 | އާދީއްތަ 07:50
ހދ. ވައިކަރަދޫގައި ކުރި އިހުތިޖާޖުގެ ތެރެއިން

ހދ. ވައިކަރަދޫގައި ކުރި އިހުތިޖާޖުގެ ތެރެއިން

ހދ. ވައިކަރަދޫގެ ބޯފެން ހުސްވުމުގެ މައްސަލަ މިއަދު ހައްލު ކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ބޯފެން ހުސްވެފައި ވާތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެރަށު ރައްޔިތުންތަކެއް ނުކުމެ އިހުތިޖާޖު ކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ހޫނު މޫސުމުގައި ރަށްރަށުން ބޯފެން ހުސް ވުމުން ފެނަކައިން ބޯފެން ފޯރުކޮށްދިނުމަށް އެ ކުންފުންޏާއި އެންވަޔަރމަންޓް މިިނިސްޓްރީއާ މެދު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެގޮތުގެ މަތިން ފެނަށް ބޭނުން ޖެހިފައިވާ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ވައިކަރަދޫ އަށް ވެސް އާދިއްތަ ދުވަހު ހަވީރު ފެން ފޯރުކޮށްދިނުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ އޮފިޝަލު އިތުރަށް ވިދާޅުވީ، މިހާރު އަމަލުކުރާ އުސޫލުގެ ދަށުން ރަށަކުން ފެން ހުސްވާއިރު، 14 ދުވަހުގެ ސްޓޮކް ހުއްޓައި ރިކުއެސްޓް ކުރަން ޖެހޭނެ ކަމަށެވެ.

ވައިކަރަދޫއިން ފެން ހުސްވެފައި ވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަމާ ގުޅިގެން އެ ރަށުގެ ބައެއް ރައްޔިތުން ވަނީ ރަށު ކައުންސިލް އިދާރާ އާއި ރަށު ފެނަކައިގެ އިމާރާތް ކައިރިއަށް އެއްވެ، އިހުތިޖާޖުކޮށްފައެވެ. އަދި ރޯދަ މަސް ތެރޭގައި ވެސް ރަށުން ފެން ހުސް ވެފައިވާ ކަމަށާއި، ވޭތުވެދިޔަ ފަސް ދުވަހު ރަށުން އެއްގޮތަކަށް ވެސް ފެން ނުލިބޭ ކަމަށް އެރަށު ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ، ރަށުން ފެން ހުސްވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފެނަކައާ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި އަވަސް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، ފެނުގެ ދަތިކަން މުޅިން ހައްލު ކުރުމަށް ރައްޔިތުންގެ ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގޭގޭގައި ބަހައްޓާފައި ހުންނަ ތާނގީތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަންޖެހޭ ކަމަށާއި، ނަމަވެސް ބައެއް ގޭގެއިން ތާނގީ ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 1835 މީހުން ހިމެނޭ ވައިކަރަދޫގައި 700 ވަރަކަށް މީހުން ދިރިއުޅެއެވެ. ރަމަޟާން މަހާ ދިމާކޮށް ފެނުގެ ދަތިކަން ކުރިމަތި ވުމުން އެރަށު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު