Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވާލްޑް ހެލްތް އެސެމްބްލީ

"އެއަރ ޕޮލިއުޝަން، ކްލައިމެޓް ޗޭންޖް، އޯޝަންސް އެންޑް ހެލްތް" އިވެންޓުގައި މިނިސްޓަރ އަމީން ބައިވެރިވެވަޑައިގެންފި

މައިގަނޑު މަޝްވަރާކުރެވުނީ ތިމާވެށީގެ ސަބަބުން ސިއްހަތަށް އަސަރުކުރާ ކަންކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ގުޅެގޮތުން

އަމަން ހަލީމް
އަމަން ހަލީމް | 24 މެއި 2019 | ހުކުރު 14:47
މިނިސްޓަރ އަމީން އިވެންޓުގައި ވާހަކަފުޅު ދައްކަވަނީ

މިނިސްޓަރ އަމީން އިވެންޓުގައި ވާހަކަފުޅު ދައްކަވަނީ

ވާރލްޑް ހެލްތް އެސެމްބްލީގެ 72 ވަނަ ސެޝަންގެ ހަވާސާގައި އޮތް "އެއަރ ޕޮލިއުޝަން، ކްލައިމެޓް ޗޭންޖް، އޯޝަންސް، އެންޑް ހެލްތް" އިވެންޓުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިޔަށްދާ އެސެމްބްލީގެ ހަވާސާގައި އޮތް ބައްދަލުވުމަކީ ނޯވޭއިން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މި އިވެންޓުގައި ދެން ބައިވެރިވީ ދިވެހިރާއްޖެ، ފީޖީ، ޗިލޭ، މޮނަކޯ އަދި ސްވިޒަލޭންޑުގެ ވަފުދުތަކުންނެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއަށް މި ބައްދަލުވުމުގައި ބައިވެރިވާން ފުރުސަތު ދިނީ "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް" (އެއޯސިސް) ގެ ކުރީގެ ޗެއަރގެ ހައިސިއްޔަތުންނެވެ. އެއޯސިސް އަކީ ކުދި ޖަޒީރާ ގައުމުތަކާއި ބިން ތިރި އައްސޭރިމަތީ ގައުމުތަކުން، އެ ގައުމުތަކުގެ ތަރައްގީއަށް ހުރި ހުރަސްތަކާއި މޫސުމީ ބަދަލުތަކާއި ބެހޭގޮތުން ހުރި ކަންބޮޑުވުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން 1990 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މި އިވެންޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ތިމާވެށީގެ ސަބަބުން ސިއްހަތަށް އަސަރުކުރާ ކަންކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުން، ފުރާނަތައް ސަލާމަތްވެ، ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ކުރިއެރުވި އަދި ގުދުރަތީ ތިމާވެށި ރައްކާތެރިކުރާނެ ގޮތާއި ބެހޭގޮތުންނެވެ.

މިނިސްޓަރ އަމީން ދެއްކެވި ވާހަކަފުޅު ބިނާވެފައި އޮތީ ދިވެހިރާއްޖޭގެ ތަޖުރިބާގެ އަލީގައި، ކްލައިމެޓް ފައިނޭންޝަލް މެކެނިޒަމްސްގެ ދަށުން ސިއްހީ ދުޅަހެޔޮކަމާއި ސިއްހީ ދާއިރާގެ ދައުރު އިތުރުކުރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންނެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ ގުޅިގެން ގްރީން ކްލައިމެޓް ފަންޑުން ކުރިޔަށް ގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު އަމީން ހިއްސާކުރެއްވިއެވެ.

ބައްދަލުވުމުން ފެށުމުގެ ގޮތުން އިއްވި ބަޔާނުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވަނީ ތިމާވެށިން ސިއްހަތަށް އަސަރުކުރާ ކަންކަމާއި ޑަބްލިޔުއެޗްއޯއިން ކުރާ މަސައްކަތްތަކާއި ބައިނަލްއަގްވާމީ ސިއްހީ ޕްރަޔޯރިޓީސް އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ހުރި ގުޅުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އިވެންޓުގައި ބައިވެރިވި ގައުމުތަކުގެ ވަފުދުތަކުގެ އިތުރުން ޕެރޫގެ މަންދޫބުންނާއި، އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައި ކޮމިޝަނަރާއި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް/ރެޑް ކްރެސެންޓް ސޮސައިޓީސްގެ ޕްރޮގްރާމްސް އެންޑް އޮޕަރޭޝަންސް ޑިވިޝަންގެ އަންޑަރ-ސެކެޓްރީ ޖެނެރަލްގެ އިތުރުން އެހެނިހެން މަތީ ފަންތީގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ބައިވެރިވާ ގައުމުތަކުގެ ތަޖުރިބާ ހިއްސާކޮށް، އެހެން ގައުމުތަކުގެ ތަޖުރިބާއިން ދަސްކުރުމެވެ.

މިނިސްޓަރު އަރިހުގައި އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން އަދި ޖެނިވާގައި ހުންނަ އދ.ގެ އޮފީހުގައި ތިއްބަވާ ޕާމަނަންޓް މިޝަންގެ އިސް މުއައްޒަފުން ބައިވެރިވެޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2017

ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި

28 އޮކްޓޯބަރު 2017
ކުޅި ހިއްކައިގެން  އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި
26 އޮކްޓޯބަރު 2017

އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

26 އޮކްޓޯބަރު 2017
އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި
18 އޮކްޓޯބަރު 2017

ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް

18 އޮކްޓޯބަރު 2017
ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް
15 އޯގަސްޓު 2017

'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި

15 އޯގަސްޓު 2017
 'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި
11 ޖޫން 2017

އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

11 ޖޫން 2017
އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު