Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފްލައިމީގެ ދަތުރުތައް

ފްލައިމީން އައްޑޫ އަދި ފުވައްމުލަކަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފި

24 މެއި 2019 | ހުކުރު 12:21

ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ މި އަހަރުގެ ޖޫން 10 ވަނަ ދުވަހުން ފެށިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މެއި 2019 | ހުކުރު 12:21
ފަލްއިމީގެ ފްލައީޓެއް - ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ މި އަހަރުގެ ޖޫން 10 ވަނަ ދުވަހުން ފެށިގެން

ފަލްއިމީގެ ފްލައީޓެއް - ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ މި އަހަރުގެ ޖޫން 10 ވަނަ ދުވަހުން ފެށިގެން

އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް ފްލައިމީ އިން ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި އެވެ.

އެ ކުންފުނިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ މި އަހަރުގެ ޖޫން 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އޭވިއޭޝަން އިންޑަސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން މަދުވުންކަން ފާހަގަކޮށް ވިލާ އިން ބުނީ ހާއްސަކޮށް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ޕައިލެޓުން މަދު ކަމަށެވެ. އެ ސަބަބާއި ހެދި އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހިދުމަތް ދޭން ދަތިވާ ކަމަށް ވިލާ އިން ބުންޏެވެ.

މުވައްޒަފުން މަދުވުމުގެ ސަބަބުން އެ ސަރަހައްދުތަކަށް ކުރާ ދަތުރުތައް ކެންސަލް ކުރުމާއި ލަސް ކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އާންމުންނާއި ފަސިންޖަރުންގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ފަސިންޖަރުންގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދުމަށްޓަކައި އެކި ސްޓްރެޓަޖީތައް އެކުލަވާލާނެ ކަމަށް ވެސް ވިލާ އިން ވަނީ ބުނެފައެވެ.

ވިލާ އިން އިތުރަށް ބުނީ ފްލައިމީގެ ފަރާތުން ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަތް އޮތް މަސްތަކުގައި އެ ޕައިލެޓުންގެ ބޭނުން ހިދުމަތް ފޯރުކޮށްދިނުމުގައި ކުރާނެ ކަމަށެވެ.

ވަރަށް އަވަހަށް ފްލައިމީގެ ދަތުރުތައް ފުވައްމުލަކު އަދި ގަމަށް ފަށާނެކަން ފާހަގަކޮށް، ވިލާ އިން ބުނީ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭން އަލުން ފަށާނީ އެންމެ ފުރިހަމަ އަށް ކަމަށެވެ. އަދި ވިލާ އިން ބުނެފައިވަނީ އެކުންފުނިން ATR 72–600 ގެ އެއަރ ކްރާފްޓެއް ގެނެސް، މިއަހަރުގެ އޮކްޓޯބަރު މަހު ހިދުމަތް ފެށޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު މަންޒިލްތަކަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިލާ އިން ބުނެއެވެ.

ވިލާ އެއަރ އިން ފުވައްމުލަކު އަދި ގަމަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި

28 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
11 ޖޫން 2017

ފްލައިމީން އައްޑޫ އާއި ފުވައްމުލަކުގެ ވަންވޭ ޓިކެޓްގެ އަގު 888ރ. އަށް

11 ޖޫން 2017
ފްލައިމީން އައްޑޫ އާއި ފުވައްމުލަކުގެ ވަންވޭ ޓިކެޓްގެ އަގު 888ރ. އަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
17 އެޕްރީލު 2017

އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

17 އެޕްރީލު 2017
އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް