ތެޔޮ ލޮރީއަކުން ޖެހި ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
23 މެއި 2019 | ބުރާސްފަތި 16:02ގެއްލުންވީ ކުލި ދުވެލީގެ ޓެކްސީއަކަށް


އެކްސިޑެންޓްވި ޓެކްސީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ބުރާސްފަތި ދުވަހު ހިނގި މިނުރައްކާތެރި އެކްސިޑެންޓްގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ކުލީ ދުވެލީގެ މިޓެކްސީގެ ފަހަތުބައިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގީ އެއާޕޯޓަށް ޓެކްސީގައި ދާ މީހުން ބޭލުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ޓެކްސީއެއް މަޑުކޮށްގެން އޮއްވައި އެމްއޭސީއެލްގެ ތެޔޮ ބައުޒަރެއް ފަހަތުން އައިސް ޖެހިގެންނެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރަމަޟާންމަހު އެކްސިޑެންޓު ހިނގުން އާންމުވެފައިވާއިރު، މި މަހުގެ ތެރޭގައި އެކަނި ވެސް ހިނގި އެކްސިޑެންޓުތަކުގެ އަދަދު ވަނީ 59އަށް އަރާފައެވެ.







