Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއައިޓީޑީސީ

ބަރެސްދޫއިން ސަރުކާރަށް ބޮޑު ގެއްލުމެއް، ކުންފުނިތަކަށް 46 މިލިއަން ރުފިޔާ ދައްކަން ޖެހޭ!

ދެ ކުންފުނި މެދުވެރިކޮށް 38 މީހެއްގެ އަތުން 3.5 މިލިއަން ޑޮލަރު ނެގި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 23 މެއި 2019 | ބުރާސްފަތި 07:26
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބަރެސްދޫ ޕްރޮޖެކްޓަށް އިންވެސްޓް ކުރި މީހުންނަށް ދޭންޖެހޭ ފައިސާގެ އަދަދު ތިން މިލިއަން ޑޮލަރަށް އަރާކަން ހާމަވެއްޖެއެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ އެ ޑޮކިއުމެންޓްތަކުން ހާމަވާ ގޮތުގައި އެމްއައިޓީޑީސީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް 38 މީހެއްގެ އަތުން 40 ޕްލޮޓަށް ވަނީ 54 މިލިއަން ރުފިޔާ (3.5 މިލިއަން ޑޮލަރު) ނަގާފައެވެ. އޭގެ ތެރެއިން ޕްރޮޖެކްޓް ނުފެށުމުގެ ސަބަބުން ފައިސާ ދެއްކުމަށް ބައެއް ފަރާތްތަކުން ވަނީ އެދިފައެވެ. އަދި ބައެއް ފަރާތްތަކަށް އެ ފައިސާ ވަނީ ދީފައެވެ. ޕްރޮޖެކްޓަށް ފައިސާ ދިނުމަށް ރިކުއެސްޓް ކުރި މީހުންގެ ތެރެއިން މިދިޔަ ސަރުކާރުން އެ ފަރާތްތަކަށް ދީފައި ވަނީ ގާތްގަނޑަކަށް 5 ލައްކައެއްހާ ޑޮލަރެވެ.

Advertisement - newsAdvertisement

ބަރެސްދޫ ޕްރޮޖެކްޓަށް ވީގޮތް

ތިންހާސް އެނދުގެ ޖާގައިގެ ބަރެސްދޫ ޕްރޮޖެކްޓަކީ ގެސްޓްހައުސް ތަކާއި ރެސްޓޯރެންޓް ތަކާއި ކެފޭތަކާއި ތިއޭޓަރ، ޑައިވް ސެންޓަރ ތަކާއި ޓޫރިސްޓުންނަށް ބޭނުންވާނެ ޚިދުމަތްތައް ދިނުމަށް ތަރައްގީ ކުރަން އުޅުނު ރަށެކެވެ. އެރަށާއި އިންވެގެން އޮންނަ މަހަކަންފުއްޓާއި އެކު ގުޅުވާލައިގެން ސްޕާއެއް ވެސް ތަރައްގީ ކުރުމަށް ނިންމިއެވެ.

2016 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ފެށި އެމަޝްރޫއު އެކިފަރާތްތަކަށް ދީގެން އެރަށް ތަރައްގީކޮށް ނިންމުމަށް ކަނޑައެޅީ 18 މަސް ދުވަސް ތެރޭގައެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެ މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ އެމްއެމްޕީއާރުސީ އިން ބިން ވިއްކާ އުސޫލުންނެވެ. އެމްއެމްޕީއާރުސީ އިން އެ މަޝްރޫއު ހިންގި އިރު 19 ފަރާތެއްގެ އަތުން ވިހި ތަނެއް ހެދުމަށް 34 މިލިއަން ރުފިޔާ ވަނީ ނަގާފައެވެ. މީގެ ތެރެއިން ހަތަރު މިލިއަން ރުފިޔާ ވަނީ ބައެއް ފަރާތްތަކަށް ރިފަންޑް ކޮށްފައެވެ.

އެމްއެމްޕީއާރުސީ އިން 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ މަޝްރޫއު އެމްއައިޓީޑީސީ އަށް ބަދަލުކުރުމުގެ އެއް އަހަރު ކުރިން ވެސް އެމްއައިޓީޑީސީގެ ނަމުގައި ދިޔައީ ބަރެސްދޫ ޕްރޮޖެކްޓްގެ ފައިސާ ނަގަމުންނެވެ.

މެދުފަންތީގެ ޓޫރިޒަމްގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އުފެއްދި އެމްއައިޓީޑީސީއާއި ބަރެސްދޫ ޕްރޮޖެކްޓްހަވާލު ކުރީ އެމްއެމްޕީއާރުސީއަށް ލިބުނު 30 މިލިއަން ރުފިޔާގެ ތެރެއިން ބަރެސްދޫގެ ބަނދަރު ހަދަން ކަމަށްބުނެ 15 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްފަހު 14 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ބަރެސްދޫގެ ބަނދަރުގެ މާބޮޑު މަސައްކަތެއް އެމްއެމްޕީއާރުސީއިން ކޮށްފައެއް ނުވެއެވެ.

އެމްއައިޓީޑީސީ އިން ބަރެސްދޫ ޕްރޮޖެކްޓުން ފައިސާ ނަގަމުން ދިޔައީ އެމްއެމްޕީއާރުސީއާ ޚިލާފަށް ބިން ވިއްކުމުގެ ބަދަލުގައި ކުލީގެ ގޮތުގައެވެ. އެ ގޮތުން 19 ފަރާތެއްގެ އަތުން 20 ތަނެއް ހެދުމަށް ޖުމްލަ 21 މިލިއަން ރުފިޔާ އެމްއައިޓީޑީސީ އިން ވެސް ކުލީގެ ގޮތުގައި ނެގިއެވެ.

ބަރެސްދޫ ޕްރޮޖެކްޓް އެމްއެމްޕީއާރުސީއަށާއި އަދި ފަހުން އެޕްރޮޖެކްޓް ހަވާލުކުރި އެމްއައިޓީޑީސީއަށް ދީފައި ވަނީ އެއްވެސް އެގްރިމެންޓެއް ހަދައިގެން ނޫނެވެ. އެމްއެމްޕީއާރުސީއިން މީހުންގެ އަތުން ނެގި ފައިސާ ދެއްކި ގޮތުގެ ރަސީދެއް ވެސް އެ ކުންފުނިން ފެންނާކަށް ނެތެވެ. އެހެން ނަމަވެސް އެމްއައިޓީޑީސީއަށް ފައިސާ ދެއްކި ގޮތުގެ ރަސީދުތައް އެތަނުގައި ފެންނަން ހުއްޓެވެ. އެ ރަސީދުތަކުގައި ސޮއި ކޮށްފައިވަނީ ކުރިން އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަދި ކުރިން އެޗްޑީސީގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ޝާހިދު އެވެ.

ބަރެސްދޫ ޕްރޮޖެކްޓަށް ލިބުނު އެއްވެސް ފައިސާއެއް މިހާރު އެމްއައިޓީޑީސީގައެއް ނެތެވެ. އެ ކުންފުންޏާ ނުގުޅޭ ކަންތައްތަކަށް ފައިސާ ތައް ވަނީ ޚަރަދު ކޮށްފައެވެ. އެ ގޮތުން ސީނިއަ މެނޭޖްމަންޓް ފެއާތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި ޕްރޮޖެކްޓް ޕާމްގެ ނަމުގައި ހިންގި މަޝްރޫއަކަށް 3.9 މިލިއަން ރުފިޔާ މެދުފަންތީގެ ޓޫރިޒަމްގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އުފެއްދި އެމްއައިޓީޑީސީ އިން ހޭދަކޮށްފައި ވެއެވެ. މީގެ އިތުރުން ހ.ހުރަފާގޭގައި ހުޅުވި ޕީޕީއެމްގެ އޮފީސް ހެދުމަށް ވެސް އެ ކުންފުނި މެދުވެރިކޮށް ވަނީ ދެ މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ބަރެސްދޫ މައްސަލަ އޭސީސީއިން ދަނީ ބަލަމުން

ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ހޭދަކޮށްފައި ހުރި ގޮތުން އެ މައްސަލަތައް އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ. އެގޮތުން އޭސީސީ އިން ބުނީ އެ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން އެމްއެމްޕީއާރުސ އާއި އެމްއައިޓީޑީސީއަށް ދައްކާފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއްނަމަ ކުންފުނީގެ މަޢުލޫމާތާއި ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދާއި ޑިޕޮސިޓް ފައިސާ ދެއްކި ތާރީޚާއި ޑިޕޮސިޓް ފައިސާ ދައްކާފައިވާ ގޮތާއި (ނަގުދު ފައިސާ/ ޗެކް) ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާ ނަމަ އެ ލިޔެކިޔުމެއް އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެ ކަމިޝަނަށް އެންގުމަށް އެދޭ ކަމަށެވެ.

2016 ވަނަ އަހަރު އުފެދުނު އެމްއައިޓީޑީސީ އިން މިހާތަނަށް ފަށާފައި ވަނީ އެންމެ ދެ ޕްރޮޖެކްޓެވެ. އެއީ ބަރެސްދޫ ޕްރޮޖެކްޓާއި ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެކުންފުނި 25 މިލިއަން ރުފިޔާއަށް ދަރާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެމަސައްކަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ކުރިން ފައިސާ ދެއްކި ފަރާތްތަކުން އެ ޕްރޮޖެކްޓާއެކު ކުރިއަށް ދާން ބޭނުންނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު