ޑޮކްޓަރުންނާ ނަރުހުން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި
21 މެއި 2019 | އަންގާރަ 05:45ސިއްހީ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

މެލޭޝިޔާގެ ހެލްތް މިނިސްޓަރާއެކު
ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރުމާ ބެހޭ ގޮތުން މެލޭޝިޔާގެ ހެލްތް މިނިސްޓަރު ޑރ.ޒުލްކިފްލީ އަހުމަދާއެކު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޝްވަރާ ކުރައްވައިފިއެވެ.
72 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ވަޑައިގަންނަވާ މެލޭޝިޔާގެ ހެލްތް މިނިސްޓަރާ ބައްދަލުކުރެއްވީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
މިބައްދަލުވުމުގައި ސިއްހީ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުތަކާއި އަދި އިތުރުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
ވޯލްޑް ހެލްތް އެސެމްބްލީ އަކީ ކޮންމެ އަހަރަކު އެއް ފަހަރު ސްވިޒަލެންޑްގެ ޖެނީވާގައި ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ދާނީ މެއި މަހުގެ 20 އިން 28 އަށެވެ.
ހެލްތް އެސެމްބްލީގެ މައިގަނޑު ބޭނުމަކީ އެ ޖަމާއަތުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ޑިރެކްޓަރ ޖެނެރަލްއަކު އައްޔަންކުރުމާއި، މާލީ ސިޔާސަތުތައް ސުޕަރވައިޒް ކުރުމާއި، މީގެ އިތުރުން ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ބަޖެޓް ރިވިއުކޮށް ފާސްކުރުމެވެ.








