Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓްރީ

އޭޕްރީލް މަހު އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލު ވުމުގެ މައްސަލަތައް

ޖިންސީ ހާނީއްކައިގެ 22 މައްސަލަ ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މެއި 2019 | އާދީއްތަ 10:23
ރަމަޟާން މަހުގެ ހަވީރުގެ ވަގުތެއް - ރޯދަ ކުރުކުރުމުގެ ތެރެއިން

ރަމަޟާން މަހުގެ ހަވީރުގެ ވަގުތެއް - ރޯދަ ކުރުކުރުމުގެ ތެރެއިން

މިދިޔަ އޭޕްރީލް މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުމުލަ 206 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާއިރު، މިދިޔަ މަހު ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި އަނިޔާއާ ގުޅޭ 113 މަައްސަލަ ހިމެނެއެވެ. އަދި އޭގެ ތެރެއިން އެންމެ ގިނައީ އިހުމާލުގެ މައްސަލަތައްކަމާއި، ކުޑަކުދިންނަށް އިހުމާލުވުމުގެ 37 މައްސަލަ ރިޕޯރޓް ކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމުގެ މަސައްލަތަކާއި، ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރުމުގެ މައްސަލަތައް ހިމެނޭއިރު، ޖިންސީ ހާނީއްކައިގެ 22 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 22 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 22 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލައެއްވެސް ހުށައެޅިފައިވެއެވެ.

ކުޑަކުދިންނަށް ލިބެންޖެހޭ ހައްޤުތަކުން އެކުދިން މަހުރޫމު ކުރުމުގެ މައްސަލަތައް މިދިޔަ މަހުވެސް މިނިސްޓްރީއަށް ހުށައެޅިފައިވާއިރު، އޭގެތެރޭގައި ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ 4 މައްސަލައާއި، ތަޢުލީމަށް ހުރަސް އެޅުމުގެ 4 މައްސަލަ އަދި ވެކްސިން ނުދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ހުށައަޅާ މިންވަރު އިތުރުވެފައިވާއިރު، ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިރު މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކުގެ އަދަދަކީ ކަންބޮޑުވުން ހުރި އަދަދުތަކެއް ކަމަށާއި، އެއް ދުވަހުން އަނެއް ދުވަހަށް ކުޑަކުދިންނާއި ގުޅުން ހުރި ތަފާތު އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެގެންދާކަން ޖެންޑަރ މިިނިސްޓަރ ޝިދާތާ ޝަރީފްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މައްސަލަތައް ރިޕޯޓްކުރުން އިތުރު ވެގެން ދަނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވާ މިންވަރު އިތުރުވުމުންކަން ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު