Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޯނިއޯ ގްރިޒްމަން

ބާސާ އިން ގްރިޒްމަންގެ ސޮއި ހޯދުމާ ގާތަށް

އެޓްލެޓިކޯ ދޫކޮށްލާކަން ގްރިޒްމަން ވަނީ ޔަގީންކޮށްދީފައި

ލީވާން އަލީ
ލީވާން އަލީ | 16 މެއި 2019 | ބުރާސްފަތި 15:51
އެންޓޯނިއޯ ގްރިޒްމަން

އެންޓޯނިއޯ ގްރިޒްމަން

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަންގެ ސޮއި ހޯދުމަށް ބާސެލޯނާ އިން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމާ ގާތަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުން ގްރިޒްމަން ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ ރިލީޒް ފީވެސް ދައްކަން ބާސާއިން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޓްލެޓީކޯ ދޫކޮށްލާކަން ގްރިޒްމަން އިއުލާންކޮށްފައިވާއިރު، އޭނާ ކުރިޔަށް އޮތް ސީޒަނުގައި ކުޅޭނީ ބާސާއަށް ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

އެޓްލެޓިކޯ ދޫކޮށްލުމަށް ފަހު، ގްރިޒްމަން ބުނީ، މި ސީޒަނަށް ފަހު އެޓްލެޓިކޯ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށާއި، އާކަންތައްތަކެއް ތަޖުރިބާ ކުރުމަށް ބޭނުންވާ ކަމަށެވެ.

ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި އެ ކްލަބަށް ކުޅުނު 256 މެޗުގައި 133 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެޓްލެޓިކޯއާ އެކު ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ އެ ކްލަބުގައި އަމިއްލަ ގިނަ ރެކޯޑްތައް ވެސް ހަދާފައެވެ.

ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހޯދާފައިވާ ގްރިޒްމަން ވަނީ ހަމަ އެ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ވެސް ހޯދާފައެވެ.

ފްރާންސް ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ 2010 ވަނަ އަހަރު ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 69 މެޗުގައި 28 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް