Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖަށް މީހުން ގެންދިއުން

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ޖަވާބުދާރީވުމަށް ދައުލަތަށް އެއް ދުވަސްދީފި

15 މެއި 2019 | ބުދަ 08:28

ސިސިލްފަރުން އެދުނީ ހައްޖަށް މީހުން ގެންދާ ކުންފުނިތައް ކަނޑައެޅި ގޮތް ބާތިލު ކުރަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 15 މެއި 2019 | ބުދަ 08:28
ބަޔަކު ހައްޖަށް ދިޔުމަށް ފުރަނީ

ބަޔަކު ހައްޖަށް ދިޔުމަށް ފުރަނީ

މި އަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވުމަށް ދައުލަތަށް އެއް ދުވަސްދީފި އެވެ.

ސިސިލްފަރުން ހުށަހެޅި އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ބުދަ ދުވަހު ވަނީ ފަށައިފަ އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން އެދުނީ ޖަވާބުދާރީވުމުގެ ފުރުސަތަކަށެވެ. ދައުލަތުން ކޯޓުގައި އެގޮތަށް އެދުމުން، ކޯޓުން ވަނީ ޖަވާބުދާރީވުމަށް ދައުލަތަށް އެއް ދުވަސްދީފަ އެވެ. އަދި މާދަމާ ހެނދުނު އަޑުއެހުމެއް ބޭއްވުމަށް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.

Advertisement - newsAdvertisement

މައްސަލަ ޝަރީއަތަށް ދާނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ހައްލެއް ނުލިބިއްޖެ ނަމަ އެވެ.

މިއަދުގެ އަޑުއެހުމުގައި ސިސިލްފަރު ގުރޫޕުން ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި މި އަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން އެދިފައިވެއެވެ.

ސިސިލްފަރުން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ހައްޖަށް ގެންދާ ކުންފުނިތައް މިއަހަރު ކަނޑައަޅާފައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޭ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށާއި ކުންފުނިތައް ހޮވާފައި ވަނީ މާލިއްޔަތު ގަވާއިދުގައިވާ އިވެލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލަށް ހުޅުވައިލުމުން ކުރިމަތި 18 ކުންފުނީގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހަ ކުންފުންޏަކަށެވެ. ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިއަހަރު ދީފައި ވަނީ އެކްރޯ ހައްޖު ގްރޫޕާއި މިނާ ހައްޖު ގްރޫޕާއި އަލްހަރަމައިން ހައްޖު ގްރޫޕާއި ޒައި ހައްޖު ގްރޫޕުގެ އިތުރުން ތަޒްކިޔާ ހައްޖު ގްރޫޕަށެވެ. އެ ކުންފުނިތަކާއެކު އަންގާރަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޭ މައުލޫމާތު ކަރުދާހުގައި ތަޖުރިބާއަށް ބަލައި ފަސް ޕަސެންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ސިސިލްފަރުގެ ތަޖުރީބާއަށް އިސްލާމިކް މިނިސްޓްރީ ދީފައި ވަނީ 0.7 ޕަސެންޓް ކަމަށެވެ. ވޭތުވެދިޔަ 35 އަހަރު އެ ގްރޫޕުން ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާ ކަމަށާއި ތަޖުރިބާއިން އެ ކުންފުންޏަށް އެންމެ ޕަސެންޓެއް ލިބިގެން ނުދިއުމުން އެނގެނީ "އިވެލުއޭޓް ކުރާށޭ ކިޔައިގެން ކުޅިވަރު ކުޅެފައިވާ" ކަމަށް އެ ކުންފުނިން ހުށަހެޅި މައްސަލާފައި ބުނެފައިވެއެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިހާރު އިއުލާންކޮށްފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ސިސިލްފަރަށް ލިބިދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް