Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒަރީރަށް ހުކުމްކުރުން

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު 13:00 ގައި

ޒަރީރު ވަނީ ދައުވާ އަށް އިންކާރުކޮށްފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 27 ފެބުރުއަރީ 2017 | ހޯމަ 02:58
ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު

ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާ ކަމަށް ބުނެ ރާއްޖެޓީވީގެ ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން މިއަދު މެންދުރު 13:00 އަށް ތާވާލްކޮށްފިއެވެ.

ޒަރީރުގެ މައްޗަށް ހިންގާ ޝަރީއަތުގައި ހުކުމް އިއްވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

Advertisement - newsAdvertisement

މިއަދުގެ އަޑުއެހުމުގައި ޒަރީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނުވަތަ ނުވާ ކަމަށް ކަނޑައަޅާނެ އެވެ. އަދި ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ ދޭނެ އަދަބަކާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ އެވެ.

ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގުޅުނު ކަންމަތި ބެރިކޭޑް ޖަހާ ބަންދުކޮށްފައިވަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދަގައި ޖަހާފައިވާ ފުލުހުން ޝީލްޑްތައް ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

ޒަރީރު ވަނީ އެ ދައުވާ އަށް އިންކާރުކޮށްފަ އެވެ. ދައުވާ އަށް ޒަރީރު އިންކާރު ކޮށްފައިވާތީ، ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ފުލުހުންތަކެއް ހުށަހަޅާފަ އެވެ. ދައުވާ އިން ދިފާއުވުމަށް ޒަރީރުގެ ފަރާތުން ވެސް ހެކި ހުށަހެޅި އެވެ.

ޒަރީރުގެ މައްޗަށް ހުކުމް އިއްވާއިރު، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ، އެ ދެ ނޫސްވެރިންކުރެ ކޮންމެ މީހަކު 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ.

ވިސާމުގެ މައްޗަށް އެހެން ދައުވާއެއް ވެސް އުފުލައި ޝަރީއަތް ކުރިއަށް ގެންދާއިރު، ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ދެން އޮތީ ޚުލާސާ ބަޔާން ނެގުމެވެ. ޚުލާސާ ބަޔާން ނެގުމުގެ އަޑުއެހުން އަދި ތާވަލުކޮށްފައެއް ނުވެ އެވެ.

ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ހުކުމް ކުރަމުންދާއިރު، ރާއްޖެޓީވީން ވަނީ ނުހައްގު އަދަބެއް ދިނުމުގެ ކުރިން ނޫސްވެރިން ސަލާމަތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ގޮވާލާފަ އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު