Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑީވްސް ޕޮލިސް ސަރވިސް

ވަގުތީ ލައިސަންސް އޮތް މީހުންގެ އެކްސިޑެންޓްތައް ގިނަ

10 މެއި 2019 | ހުކުރު 07:23

ފުލުހުން ކުރާ މަސައްކަތްތަކުން ނަތީޖާ ބަދަލު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 މެއި 2019 | ހުކުރު 07:23
ސައިކަލުގައި ބަޔަކު ބްރިޖަށް އަރަނީ

ސައިކަލުގައި ބަޔަކު ބްރިޖަށް އަރަނީ

ވަގުތީ ލައިސެންސް އޮތް މީހުންގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ގިނަ ވެފައިވާކަން ފާހަގަވާކަމަށް ފުލުހުންގެ ހެޑް އޮފް ޓްރެފިކް ޑިޕާޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

އެކްސިޑެންޓްތައް ގިނަވަނީ ޒުވާނުނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސެންސް"ގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅެގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ސަމީރު ވިދާޅުވީ ސީދާ އެއީ އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތަކޭ ނުބުނެވޭނެކަމަށެވެ. އެހެން ނަމަވެސް އެކްސިޑެންޓްވާ ފަރާތްތަކުގެ ތެރޭގައި ގިނައީ ވަގުތީ ލައިސެންސް އޮތް ފަރާތްތައް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އެހެންނެއް އަޅުގަނޑުމެންނަކަށް އެކަން ފާހަގައެއް ނުކުރެވޭ. ލައިސެންސް ކާޑަކުން އެކަން އެނގޭކަށް ނޯވޭ، އެހެންވީމާ އަޅުގަނޑުމެންނަށް އެކަން ފާހަގަވެފައެއް ނެތޭ. ވަގުތީ ލައިސަންސް އޮންނަ ފަރާތްތަކުން އެކްސިޑެންޓް ވާލެއް ގިނަކަން ފާހަގަ ކުރެވޭ." ސަމީރު ވިދާޅުވިއެވެ.

މިދިޔަ އަހަރު މެއި މަހުގެ ފަހު ކޮޅު ހިންގި "އެއްލަކިން މަށަށް ލައިސެންސް" ޕްރޮގްރާމް ފުރިހަމަކޮށް 700 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ލައިސެންސް ދީފައެވެ. ވަގުތީ ލައިންސެންސަށްފަހު ދާއިމީ ލައިސެންސް ދެނީ އެއް އެހަރު ވުމުންނެވެ. އެހެންކަމުން އެ ޕްރޮގްރާމުގައި ބައިވެރިވި އެއްވެސް ފަރާތަކަށް ދާއިމީ ލައިސެންސެއް އަދި ނުލިބޭނެއެވެ.

އެކްސިޑެންޓްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ބްރިޖާއި ހައިވޭގައި ހިނގާދިޔަ އެކްސިޑެންޓްތައް ވަނީ މާޗް މަހުގެ 1 އިން ފެށިގެން ދަށް ވެފައި ކަމަށެވެ. މާޗް މަހުގެ 10 އިން ފެށިގެން ބްރިޖަށް އެރޭނީ ހެލްމެޓް އަޅައިގެން ކަމަށް ޓްރާންސް ޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ސަމީރު ވިދާޅުވީ ބްރިޖާއި ހައިވޭގެ އެކްސިޑެންޓްތައް ހިނގުން މަދުވީ ހެލްމެޓް އެޅުމަށް މަޖުބޫރުވުމުން ބްރިޖަށް އެރުން މަދުވުމުގެ ސަބަބުންކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ބްރިޖުގައި މިހާރު ޓްރެފިކް ތަންކޮޅެއް ދަށް. އެއީ މީގެ ކުރީގައި ހެލްމެޓް ނާޅާއިރު ވަރަށް ގިނަ ފަރާތްތަކުން ހުޅުމާލެ ނުވަތަ މާލެއާއި ދެމެދު ދަތުރު ކުރާއިރު ޓްރެފިކް އިތުރު ވުމުގެ ސަބަބުން ހިނގާފައި ހުރި އެކްސިޑެންޓްތައް އިތުރުކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޓްރެފިކް ކަންތައްތައް ހައްލު ކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކުން ނަތީޖާ ބަދަލު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. މަގުމަތީގެ އަދަބުތަކާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ޒޯންތަކަށް އިހުތިރާމް ކުރާ ބަޔަކަށް ރައްޔިތުން ވުމަކީ ފުލުހުންގެ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް