Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ދުވަސް

އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް: ރައީސް

10 މެއި 2019 | ހުކުރު 06:31

މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 10 މެއި 2019 | ހުކުރު 06:31
ކެމްޕޭންގައި ރައީސް ސޯލިހް، ކުޅުދުއްފުށިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކެމްޕޭންގައި ރައީސް ސޯލިހް، ކުޅުދުއްފުށިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ސޯލިހް ވިިދާޅުވީ ދިވެހި ކޮންމެ ޢާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއްކަމަށެވެ. އަދި މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅުކަން ފާހަގަ ކުރައްވައި، ދިވެހި ކުޑަކުދީންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން އެބަހުރިކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެގޮތުން މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތުއްތު ކުދީންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ކަމަށާއި، އެކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯޯލިހް ވިދާޅުވީ ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ޞިއްޙަތަށް ގެއްލުންހުރި ތަކެއްޗާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށް، ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އުފުލުމަށް ރައީސް ގޮވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަޚުރުވެރި ޢާއިލާއެއް ބިނާ ނުކުރެވޭނެ ކަމަށެވެ. އެގޮތުން ބަވަނަވެފައިވާ އިންސާނީ މުޖްތަމަޢުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އިސްލާމީ ތަރުބިއްޔަތު ދަރިންގެ ކިބައިގައި އަށަގަންނުވައިގެން ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2017

ޙައްޤުތައް ނިގުޅައިގެންފައިވުމަކީ މަޢާފުކުރެވޭނެ ކަމެއް ނޫން: ރައީސް މައުމޫން

10 ޑިސެމްބަރު 2017
ޙައްޤުތައް ނިގުޅައިގެންފައިވުމަކީ މަޢާފުކުރެވޭނެ ކަމެއް ނޫން: ރައީސް މައުމޫން
02 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި

02 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި
01 ސެޕްޓެމްބަރު 2017

މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ

01 ސެޕްޓެމްބަރު 2017
މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ
20 ޖޫން 2017

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

20 ޖޫން 2017
ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
23 މާރިޗު 2017

ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް

23 މާރިޗު 2017
ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް