Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޫކާ މޮޑްރިޗް

ޒިދާން ބޭނުންވަނީ މޮޑްރިޗް ބަހައްޓަން

މޮޑްރިޗްގެ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނަށްފަހު

ލީވާން އަލީ
ލީވާން އަލީ | 9 މެއި 2019 | ބުރާސްފަތި 14:55
ލޫކާ މޮޑްރިޗް

ލޫކާ މޮޑްރިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކަ މޮޑްރިޗް އެ ކްލަބުގައި ބަހައްޓަން ކޯޗު ޒައިނުއްދީން ޒިދާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނުގައި ޒިދާން ބޭނުންވަނީ މޮޑްރިޗް ރެއާލްގައި ކީރޯލެއް އަދާކުރުމަށް ކަމަށާއި، އެގޮތުން އޭނާ ކްލަބުގައި ބަހައްޓަން ޒިދާން ބޭނުންވެއެވެ.

ދާދި ފަހުން މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާއިން ބުނީ، ރެއާލްއާ އެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުން އާ ކުރާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކަންތައް ނިމިގެންދާނެ ކަމަށެވެ.

ރެއާލްއާ އެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާއިރު، އިންޓަ މިލާންގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ.

ނަމަވެސް ނޫސްވެރިންނަށް ދާދި ފަހުން މައުލޫމާތު ދެމުން މޮޑްރިޗް ބުނީ، އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ދޮޅު އަހަރު އެބައޮތް ކަމަށާއި، އެއްބަސްވުން ނިމެންދެން ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ މޮޑްރިޗް ބުނީ، ރެއާލްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށާއި، އޭނާ ކްލަބުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ރަޝިއާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މޮޑްރިޗް ވަނީ ނިމިގެންދިޔަ ސީޒަނުގައި ރެއާލްއާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ޓޮޓެންހަމް ހޮޓްސްޕާއިން ވިދާލި މޮޑްރިޗް ބާސާއަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 301 މެޗުގައި 17 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކްރޮއޭޝިއާގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ފާއިތުވެދިޔަ ދެއަހަރު ވެސް ހޯދާފައިވާ މޮޑްރިޗް ވަނީ އެ ޓީމަށް ކުޅުނު 120 މެޗުގައި 14 ލަނޑު މިހާތަނަށް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު