Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓްރީ

ޕާޓްނަރޝިޕް ފޯރަމްއާ ބެހޭ މައުލޫމާތު ޑިޕްލޮމެޓުންނަށް ދީފި

9 މެއި 2019 | ބުރާސްފަތި 14:09

ހިންގަމުންދާ އަދި ހިންގުމަށް ޕްލޭން ކޮށްފައިވާ ޕްރޮޖެކްޓްގެ މައުލޫމާތު ހިއްސާކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2019 | ބުރާސްފަތި 14:09
މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުން

މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުން

ފޮރިން މިނިސްޓްރީން ރާއްޖޭގައި ތިބޭ އެކިއެކި ޑިޕްލޮމެޓިކް ބޭފުޅުންނާ އެމްބަސަޑަރުންނާއި އަދި މަލްޓިލޭޓަރަލް އެޖެންސީތަކުގެ ބޭފުޅުންނާ ރާއްޖޭގަ މިވަގުތު ތިބި އިތުރު ޑިޕްލޮމެޓިކް ބޭފުޅުން ހިމެނޭ ގޮތަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން މިނިސްޓްރީގެ އެމްބެސަޑަރ އެޓް ލާޖް ޑރ.އާސިމް އަހުމަދެވެ.

Advertisement - newsAdvertisement

މިބައްދަލުވުމުގައި ފޮރިން މިނިސްޓްރީ އިން ވަނީ ރާއްޖޭގެ ހިންގަމުންދާ އަދި ހިންގުމަށް ޕްލޭން ކޮށްފައިވާ މައިގަނޑު މުހިންމު ޕްރޮޖެކްޓްތަކަށް އަލިއަޅުވާލާ މަޝްވަރާތައް ކޮށްފައެވެ. މީގެ އިތުރުން ޖޫން 17 އިން 18 އަށް ބާއްވާ ހަމަޖެހިފައިވާ ޕާޓްނަރޝިޕް ފޯރަމް އަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

މި ޕާޓްނަރޝިޕް ފޯރަމް އަކީ ފާއިތުވި ދިޔަ އަހަރުތަކުގައި މިފަދަ ގޮތަކަށް ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ ބައިވެރިން އަދި ރާއްޖޭގެ ކުރިމަގަށް ހުރި ޕްރޮޖެކްޓް ތަކުގެ މަސައްކަތް ކުރެވޭނެ ފަދަ ބޭފުޅުން ހިމެނިގެން މިގޮތަށް ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ.

ފޮރިން މިނިސްޓްރީން ބުނީ މަގުސަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު މިބޭފުޅުންނާ ހިއްސާކޮށް މިކަން ކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމާއި އެކަމަށް ރަނގަޅު އިވެސްޓަރުން ހޯދުން ކަމަށެވެ. އަދި 100 ދުވަހުގެ ވައުދުގެ ދަށުން ނިންމަން ހުރި ޕްރޮޖެކްޓްތަކުގެ މައުލޫމާތާ ނޫއިގްތިސާދުގެ ދަށުން ކުރަން ހުރި ކަންތައްތަކާއި ސިއްހީ ދާއިރާ، ތައުލީމީ އަދި ގެދޮރުވެރިކަން ހުރި ގޮންޖެހުންތަކާ އެކަމަށް ހައްލު ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާ ކޮށް އެކަމަށް ބޭނުންވާ އެހީ ހޯދުން ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ވަކިވަކި ދާއިރާތައް އިތުރަށް ހަރުދަނާ ކުރުމާ އިސްލާހު ކުރުމަށް ބޭނުންވާ ފުންނާބު އުސް ބޭފުޅުންގެ ހިޔާލު ހޯދުމާ، އެކަމަށް އެހީ އަދި އެކަމަށް ބޭނުންވާ އިތުރު އެހެނިހެން މައުލޫމާތު ހޯދައި ސަރުކާރުގެ ސިޔާސަތު ގާއިމް ކުރުމަށް އެހީތެރިކަން ހޯދުން ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިބައްދަލުވުން ބޭއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީސް، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި އެޓާނީ ޖެނަރަލްގެ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލުމާއެކުއެވެ.

ސަރުކާރު އިދާރާތަކުގެ އިސް ބޭފުޅުންތަކެއް ހިމެނޭގޮތަށް ޑރ.އާސިމް އިސްވެ ހުންނަވާ ވަފުދެއް ދެއްލިއާ ކޮލަންބޯ އަށް ޒިޔާރަތް ކުރައްވާނެކަން ފާހަގަކުރައްވައި މިނިސްޓްރީން ބުނީ އެގައުމުގައި ތިއްބަވާ އެހެނިހެން ގައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި އެހެނިހެން ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވާ ކުރިއަށް އޮތް ޕާޓްނަރޝިޕް ފޯރަމްގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ސަރުކާރުން ހިންގަން ހަމަޖައްސާފައިހުރި ޕްރޮޖެކްޓްތަކާ މިފޯރަމް އާ ބެހޭ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާނެ ކަމަށެވެ .

މިވަފުދު މިމަހުގެ 10 ވަނަ ދުވަހު ކޮލަންބޯ އަށް އަދި 13 ވަނަ ދުވަހު ދެއްލީގައި މިބައްދަލުވުން ބާއްވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް