Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ޕާކިން މައްސަލަތަކަށް ހައްލު ގެނެވޭނީ ޕާކިން ބިލްޑިންތައް ހެދިގެން: ފުލުހުން

9 މެއި 2019 | ބުރާސްފަތި 07:07

ސިޓީ ކައުންސިލުން ވަނީ އަމީނީ މަގުގެ ބައެއް ހިސާބުގައި ޕާކް ކުރުން މަނާ ވެސް ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 މެއި 2019 | ބުރާސްފަތި 07:07
ފުލުހުންގެ ހެޑް އޮފް ޓްރެފިކް ޑިޕާޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު

ފުލުހުންގެ ހެޑް އޮފް ޓްރެފިކް ޑިޕާޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު

ޕާކިން މައްސަލަތަކަށް ހައްލު ގެނެވޭނީ ޕާކިން ބިލްޑިންތައް ހެދިގެން ކަމަށް ފުލުހުންގެ ހެޑް އޮފް ޓްރެފިކް ޑިޕާޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ސަމީރު ވިދާޅުވީ މާލޭގެ ހުސްބިންތަކަށް ޕާކިން ހެދިކަމުގައި ވިއަސް ޕާކިންގެ މައްސަލަތަކަށް ހައްލު ގެނެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޕާކިން މައްސަލަތަކަށް ހައްލު ގެނެވޭނީ ޕާކިން ބިލްޑިންތައް ހަދައިގެން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ދެކޭ ގޮތުގައި ޕާކިން ބިލްޑިންތަކެއް މާލޭގައި ހެދިގެން ޕާކިން މައްސަލަތަކަށް ހައްލު ލިބޭނީ،" ސަމީރު ވިދާޅުވިއެވެ.

ޕާކިން މައްސަލަތައް ހައްލު ކުރުމަށް އެކަމަށް ޚާއްސަ ބިލްޑިން ހެދުމުގެ ވިސްނުން ހުރި ކަމުގައި ވިއަސް އަދި އެކަމަށް މަޝްވަރާ ކޮށްފައެއް ނުވެއެވެ.

ސަމީރު ވިދާޅުވީ ޕާކިން މައްސަލަތައް ހައްލު ކުރެވޭނީ ރެޖިސްޓްރީ ކުރެވޭ އުޅަނދުތަކަށް ނުވަތަ ގަރާޖުތަކަށް ވަދެ ނިކުމެވޭނެ މާހައުލެއް އޮވެގެން ކަމަށެވެ.

ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ގިނަވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު ބުދަ ދުވަހު ވަނީ ފިނޭންސް މިނިސްޓްރީ ކައިރީ އޮންނަ ހުސްބިމުގައި ޕާކިން ޒޯނެއް ހަދައި އެތަނުގައި ގާތްގަނޑަކަށް 350 އެއްހާ ސައިކަލް ޕާކް ކުރެވޭނެ ގޮތަށް ހަދާފައެވެ.

ޕާކިން ޒޯން ހުޅުވާލުމާ އެކު، ސިޓީ ކައުންސިލުން ވަނީ އަމީނީ މަގުގެ ބައެއް ހިސާބުގައި ޕާކް ކުރުން މަނާ ވެސް ކޮށްފައެވެ. އެއީ އަމީނީ މަގުގެ ފެން ބިލްޑިންގުގެ އިރުމަތީ ކަންމަތިން ފެށިގެން، ގިޔާސުއްދީން ސްކޫލާ ހަމައަށް އަމީނީ މަގުގައި ޕާކް ކުރުން ވަނީ މަނާކޮށްފައެވެ.

ޕާކު ކުރާނެ ތަނުގެ ޝަކުވާއާ އެކު ޓްރެފިކްގެ މައްސަލައަކީ ވެސް އާންމުން ޝަކުވާކުރާ އެއް މައްސަލައެވެ. އެކަމާ ގުޅިގެން ސަމީރު ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަތަކަށް ލުޔެއް ހޯދުމަށް ފުލުހުން މަސައްކަތްތަކެއް ކުރާ ކަމަށާއި މާލޭގައި ޓްރެފިކް ލުއި ކުރުމުގެ މަސައްކަތަށް އެއްފަހަރާ ހައްލު ނުގެނެވޭނެ ކަމަށެވެ. ޓްރެފިކް މައްސަލަތަކަށް ހައްލު ގެނައުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ރޯދަ މަހުގެ ކުރީގައި އަޅުގަނޑުމެން އެގޮތަށް އެކަންތައް ކުރިއަށް ގެންދިޔަ އިން. އެހެން ނަމަވެސް ރޯދަމަހާ ގުޅިގެން މުދާ އުފުލާ އުޅަނދުތަކާއި ސްކޫލް ގަޑިއާއި އޮފީސް ގަޑިއާއި އެއް ގަޑިއަކަށް ދިމާވެގެން އަޅުގަނޑުމެންނަށް ފާހަގަވީ މަޖީދީ މަގުގެ ބާރު ބޮޑުކަން. އެކަމާއި ގުޅިގެން ވަގުތީ ގޮތުން އަޅުގަނޑުމެން ކޯން ޖަހައިގެން ހަތަރު ފުރޮޅުލީ އުޅަނދު ތަކަށް އެގޮތަށް އެއްކޮޅަށް ދުއްވޭ ގޮތަށް ނިންމީ،" ސަމީރު ވިދާޅުވިއެވެ.

ޓްރެފިކް މައްސަލަތަކަށް ލުއި ގޮތް ހޯދުމަށް ރޯދަ މަހު މެންދުރު 12:30 އިން ފެށިގެން 18:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް އާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ ގޮތް ފުލުހުން ވަނީ ހަދާފައެވެ. އަދި ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 އިން މެންދުރު 14:00 އަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގުގައި އެއްކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

17 އެޕްރީލު 2017
ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ
02 އެޕްރީލު 2017

ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

02 އެޕްރީލު 2017
ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް