Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި ދިން ބޮމުގެ ހަމަލާ

ހަށިގޮއްވަން ތަމްރީންވެފައި ތިބި ހަތް މީހަކު ލަންކާ އިން ހައްޔަރުކޮށްފި

8 މެއި 2019 | ބުދަ 15:44

ހައްޔަރުކުރި މީހުންނާ ޒަހްރާން ހާޝިމާ ގުޅުން އޮވޭ

އަމަން ހަލީމް
އަމަން ހަލީމް | 8 މެއި 2019 | ބުދަ 15:44
ލަންކާއަށް ދިން ހަމަލާއަށް ފަހު ކާއްތަންކުޑީގެ މިސްކިތެއްގެ ކައިރި

ލަންކާއަށް ދިން ހަމަލާއަށް ފަހު ކާއްތަންކުޑީގެ މިސްކިތެއްގެ ކައިރި

އީސްޓަރ ސަންޑޭގައި ލަންކާއަށް ދިން ހަމަލާތަކުގެ މޭސްތިރި ޒަހްރާން ހާޝިމްގެ ނެޝަނަލް ތައުހީދު ޖަމާއަތުގެ ހަށިގޮއްވަން ތަމްރީންވެފައި ތިބި ހަތް މީހަކު ލަންކާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ލަންކާ ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި ހަތް މީހުން ވެސް ހައްޔަރު ކުރެވުނީ، ހޯމަ ދުވަހު ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ހަމްބަންޓޯޓާއިން ކަމަށެވެ. މި އެންމެންނަކީ ވެސް ޒަހްރާނާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ބަޔަކު ކަމަށް ޝައްކުކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި ހަތް މީހުން ހަމަބަންޓޯޓާއަށް ގެންދިޔައީ ޒަހްރާން ހާޝިމްގެ ދެ ކޮއްކޮއިންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި އެންމެންނަކީ ވެސް ކާއްތަންކުޑީއަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އެންމެން ދިޔައީ ސިއްރިއްޔާތުގައި ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީންތައް ފުރިހަމަކުރަމުންނެވެ. އެ މީހުން މިކަން ދިގުމުއްތަކަށް ކުރަމުން ގެންގޮސްފައިވާ އިރު، އެ މީހުންނަށް ތަމްރީން ދިނީ ބަޓިކްލޯގައި ހުންނަ ޒިއޯން ޗާޗަށް ހަމަލާދިން މުހައްމަދު ނަޒަރް މުހައްމަދު އާސަތު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރެވުނު މީހުންނާ، އެންޓީޖޭގެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރެވޭނެ ކަމަށާއި، އެ މީހުންނާ އީސްޓަރ ސަންޑޭގައި ދެވުނު ހަމަލާއާ އޮތް ގުޅުން ދެނެގަންނަން މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އީސްޓަރ ސަންޑޭގައި ލަންކާއަށް ހަމަލާދިން އެންޓީޖޭ ޖަމާއަތާ ގުޅުން ހުރި އެތައް ބަޔަކު ހައްޔަރުކޮށްގެން ތަހުގީގުތައް ކުރިޔަށް ގެންދާއިރު، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެންޓީޖޭގެ ހަޒާންދާރު އަދި ދެވަނައަށް ހުރި ކޮމާންޑަރު ހިމެނޭކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް